twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހަމަނުޖެހުން ތަހުގީގުކުރުމަށް ވަޒީރުންގެ ސަބްކޮމިޓީއެއް އެކުލަވާލައިފި

Jun 22, 2022

ޔޯގާގެ ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުން ތަހުގީގު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް މިއަދު އެކުލަވާލައިފިއެވެ.

އިއްޔެ ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ވަނީ އެ ޢަމަލު ކުށްވެރިކޮށް އެ ޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

އެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގެން، ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުންދީފައިވެއެވެ.

ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

- އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު
- އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ
- ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ
- އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު
- ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
- ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް
- ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355