twitterviber whatsapp telegramfacebookyoutube instagram
20th August 2026

ހއ އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފަށަނީ

ޚަދީޖާ އާދަމް
Jun 25, 2022

އަންނަ އާދިއްތަ ދުވަހު ހއ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހއ. އަތޮޅުގައި ހިދުމަތް ދިނުމަށް ޖުމްލަ ފަސް ފެރީ ބޭނުންކުރާނެކަމަށާއި އެ ފެރީތައް މިއަދު ހއ. އަތޮޅުގައި ބަނދަރު ކުރާނެ ކަމަށް އެމްޓީސީސީ މައުލޫމާތު ދެއެވެ.

ހައި ސްޕީޑް ފެރީގެ ހިދުމަތްދޭ އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ހިދުމަތް ރަސްމީކޮށް ދޭން ފެށީ މި މަހުގެ 12 ވަނަ ދުވަހު ހދ. އަތޮޅުގައެވެ. އޭގެ ކުރިން މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ އަތޮޅުގައި ޓެސްޓު ދަތުރުތަކެއްކޮށްފައިވެއެވެ. އަދި މި ދަތުރުތަކުގައި އެއްވެސް އުޖޫރައެއް ދަތުރުވެރިންގެ އަތުން ނަގާފައެއް ނުވެއެވެ.

ސަރުކާރުގެ އަމާޒަކީ 2023ގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ޕަބްލިކް ފެރީގެ ނިޒާމެއް ގާއިމުކުރުމެވެ.

މުޅި ޖުމުލަ 50 މީހުންގެ ޖާގައިގެ އެ ފެރީތަކުގައި ދެ ސީޓު ހާއްސަކޮށްފައި ވަނީ ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށެވެ. އަދި ހާއްސަކޮށް އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހިލޭ ދަތުރު ކުރެވޭއިރު ދަތުރުކުރާ ކޮންމެ މީހަކާއެކު ތިން އަހަރުން ދަށުގެ ކުއްޖަކަށް ވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355