twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ގައުމީ ޤުރުއާން މުބާރާތް ޑިސެމްބަރު މަހު ބާއްވަނީ

ޚަދީޖާ އާދަމް
Jun 27, 2022

ކީރިތި ޤުރްއާން ކިޔެވުމުގެ 35ވަނަ ގައުމީ މުބާރާތް އަންނަ ޑިސެމްބަރުމަހު 23 ވަނަ ދުވަހުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް މާލޭގައި ބޭއްވުމަށް ޤުރުއާނާބެހޭ މަރުކަޒުން ނިންމައިފި އެވެ.

މި މުބާރާތްވެސް 3 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހާފިޒުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާ މުއައްސަސާތަކުގެ ބައިންނެވެ.

ސްކޫލް ކުދިންގެ ބައިން ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.އަދި އަތޮޅު މުބާރަތުން ޤައުމީ މުބާރަތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލުންނެވެ.

މި މުބާރާތުގައިވެސް ކޮންމެ ބަޔަކުން 1 ވަނަ ،2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި މުބާރާތުންވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ އަށްދާ ބައިވެރިޔަކަށް ރައީސްގެ ޚާއްސަ އިނާމްދެއްވާނެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތައް ޚާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. މިގޮތުން މުއައްސަސާތައް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުން 6 ވަނަ ދުވަހަށެވެ. އަދި ބައިވެރިން ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަނީ އޮކްޓޫބަރު މަހުގެ 16 އިން 26 ވަނަ ދުވަހަށެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355