twitterviber whatsapp telegramfacebookyoutube instagram
7th January 2026

ކަނޑުތައް ހިމާޔަތްކުރުމަށް ޒުވާނުންގެ ހިޔާލާ ވިސްނުން ބޭނުންވޭ

ޚަދީޖާ އާދަމް
Jun 28, 2022

ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ޒުވާނުންގެ ހިޔާލާއި ވިސްނުން ކުރިއަށް ވުރެ ބޮޑަށް މިހާރު ބޭނުންވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ޕޯޗުގަލްގައި މިހާރު ކުރިއަށްދާ އދ. ގެ 22 ވަނަ އޯޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމުގެ މަސައްކަތަށް ޒުވާނުން ޝައުގުވެރިކުރުވުމާއި އެ މަސައްކަތުގައި ޒުވާނުންގެ އެހީތެރިކަން މިހާރު ވަރަށް މުހިއްމު ކަމަށާއި، އެ މަސައްކަތުގައި މިހާރު ވެސް ދުނިޔޭގެ އަންހެން ސައިންސްވެރިންގެ ބައިވެރިވުން ވަރަށް ބޮޑު ކަމަށް ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ކަނޑުތަކަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް އެ ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި އަދި އާދަޔާ ހިލާފަށް ކަނޑުތަކުގައި މޫދުވިނަ ގިނަވުން ކަހަލަ ކަންކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނުރައްކާވުމާއި ޓޫރިޒަމް ކަހަލަ ކަންކަމަށް އޭގެ ނޭދެވޭ އަސަރުކުރާކަން މިނިސްޓަރުގެ ވާހަކާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355