twitterviber whatsapp telegramfacebookyoutube instagram
14th September 2026

ގްރީން ފަންޑުން މިހާތަނަށް 356 މިލިއަން ރުފިޔާ ހޭދަކޮށްފި

ޚަދީޖާ އާދަމް
Jun 28, 2022

ރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުން މި އަހަރުގެ މިހާތަނަށް އެކި މަސައްކަތްތަކަށް 356,7 މިލިއަން ރުފިޔާ ނަގައިގެން ހޭދަކޮށްފައިވާކަމަށް ނޭންސް މިނިސްޓްރީން އާއްމުކުރި ގްރީން ފަންޑުގެ ރިޕޯޓުން ދައްކައިފި އެވެ.

ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މި ފަންޑަށް ލިބިފައިވަނީ 476 މިލިއަން ރުފިޔާ އެވެ. އަދި މި ފަންޑުގެ ބެލެންސުގެ ގޮތުގައި މިހާރު ހުރީ 827 މިލިއަން ރުފިޔާ އެވެ. އަދި މި ފަންޑަށް މިމަހު 96 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން އަންނަނީ މި ފަންޑުން އެކި ބޭނުންތަކަށް ފައިސާ ނަގަމުންނެވެ. މިހާތަނަށް މި ފަންޑުގެ ފައިސާ އިން ހޭދަކުރަމުން ގޮސްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ކުނީގެ މަގު މަޝްރޫއުތަކަށެވެ.

ގްރީން ފަންޑުގެ މިއަހަރު ކޮށްފައިވާ ހޭދަ

- ޖެނުއަރީ 11 މިލިއަން
- ފެބްރުއަރީ 107 މިލިއަން
- މާޗް 140 މިލިއން
- އެޕްރީލް 59 މިލިއަން
- މެއި 36 މިލިއަން

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293