twitterviber whatsapp telegramfacebookyoutube instagram
8th January 2026

ލިބުނު އާމްދަނީއަށް ވުރެ ކުރެވުނު ހޭދަ ހަތަރު ބިލިއަން އިތުރު ވެއްޖެ

ޚަދީޖާ އާދަމް
Jun 29, 2022

މި އަހަރުގެ ބަޖެޓަށް ލިބުނު އާމްދަނީ އަށް ވުރެ ކުރެވުނު ހޭދަ ހަތަރު ބިލިއަން އިތުރު ވެއްޖެ އެވެ. މި އަހަރު ބަޖެޓުން ކުރި ހޭދައިގެ ތެރެއިން އެންމެ ބޮޑު ހޭދައެއް އުޅެނީ ރިކަރަންޓް ހޭދައަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބިފައިވަނީ 12.3 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް މިހާތަނަށް ބަޖެޓުން ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެގޮތުން ރިކަރަންޓް ހޭދައަށް މިހާތަނަށް 12 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައިވާއިރު މިހާތަނަށް މުސާރަ ދޭން ބަޖެޓުން 4.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ކެޕިޓަލް ހަރަދުތައް އުޅެނީ ހަތަރު ބިލިއަން ރުފިޔާގަ އެވެ. މި ބައިގައި ހިމެނޭ އިންފްރާސްޓްރަކްޗާ އެސެޓަށް 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 34 ބިލިއަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355