ބޯކޮށް ވާރޭވެހި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
މެޓު އޮފީހުން މިއަދު ހެނދުނު 10:00 ން 14:00 އަށް ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
Alert yellow for heavy rain and strong winds pic.twitter.com/hw2WuIK37M
— Maldives Meteorology (@MetMaldives) July 2, 2022
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
ރާއްޖޭގެ ބައެއް އަތޮޅުތަކަށް މިހާރުކުރަމުންދާ ވިއްސާރައިގައި އުދައަރާ ބޮޑެތި ގެއްލުން ތަކެއް ވަމުންދާއިރު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި 5 - 8 ފޫޓު ހުންނާނެ ކަމަށް މެޓު އޮފީހުން ބުނެއެވެ.
ކަނޑު ދަތުރު ކުރާފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފަ އެވެ.