ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ ދަރިވަރަކަށް ކިންޑްލްއެއް ހަދިޔާކުރި އެވެ. އީ-ރީޑާގެ ގޮތުގައި ބޭނުންކުރާ މި ކިންޑްލްތަކަކީ ފެންވަރު ރަނގަޅު ކިންޑްލްތަކެއްކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
ދަރިވަރުންނަށް މި ކިންޑްލްތައް ހަވާލުކޮށްދެއްވީ މޭޔަރު މުހައްމަދު އާތިފެވެ. މި ރަސްމިއްޔާތުގައި 2019 ވަނަ އަހަރުގެ އޯލެވެލް/އޭލެވެލް އަދި 2020-2021 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގައި ހިމެނުނު 35 ދަރިވަރަކަށް ކިންޑްލް ހަދިޔާކުރި އެވެ.
35 ދަރިވަރުންނަށް ހަދިޔާކުރި މި ކިންޑަލްތަކަށް ސިޓީ ކައުންސިލުން 148،400 ރުފިޔާ ހަރަދުކުރި އެވެ.
2019 ވަނަ އަހަރު އޯލެވެލް، އޭލެވެލް އަދި 2020-2021 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ނެޝަނަލް ޓޮޕްއެޗީވާސްގެ ތެރޭގައި ހިމެނުނު ކުޅުދުއްފުށި ސިޓީގެ ސްކޫލުތަކުގެ ދަރިވަރުންނަށް ސިޓީ ކައުންސިލުގެ ފަރާތުން ދެއްވާ އިނާމް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. pic.twitter.com/OT3GdO0JlE
— Kulhudhuffushi City Council (@kfcitycouncil) July 5, 2022
ކުޅުދުއްފުށި ސިޓީ ސްކޫލުތަކުގައި ތައުލީމު ހާސިލުކޮށް، ރާއްޖޭގެ ގައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން 5000 ރުފިޔާއާ ގާތްކުރާ އަދަދެއްގެ އިނާމު ދިނުމަށް ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރު އެވެ.