twitterviber whatsapp telegramfacebookyoutube instagram
25th March 2026

އިންޑިޔާގެ ޖެއިން ޔުނިވަސިޓީން ރާއްޖެއަށް 25 ސްކޮލާޝިޕް

ޚަދީޖާ އާދަމް
Jul 13, 2022

އިންޑިއާގެ ޖެއިން ޔުނިވަސިޓީން ރާއްޖެއަށް 25 ސްކޮލާޝިޕް ހަމަޖައްސައިދީފި އެވެ. ދިވެހި ސަރުކާރާއި ޖެއިން ޔުނިވަސިޓީން އިއްޔެ ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ޖެއިން ޔުނިވަސިޓީއާ އެކު ފަސް އަހަރު ދުވަހަށް ސޮއި ކުރި އެއްބަސްވުމާ ގުޅިގެން ސްކޮލާޝިޕްތައް ހަމަޖެހިފައިވަނީ އިންޖިނިއަރިންގެ ދާއިރާއިން އަންޑާ ގްރެޖުއޭޓް ލެވަލް އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށެވެ.

ޖެއިންގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. ޖެއިންގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޗާންސެލަރު ޑރ. ޗެންރާޖް ރޮއިޖަންދް އެވެ

ޑރ. އިބްރާހީމް ހަސަން އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދިނުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މިނިސްޓަރު އިއްޔެ ވަނީ އިންޑިއާގެ ކަރްނާޓަކާގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަޝްވަތް ނާރާޔަންއާ ވެސް ބައްދަލުކުރައްވާފަ އެވެ.

އިންޑިއާ އަކީ މިހާރުވެސް ގިނަ ދިވެހިން އެކި ދާއިރާތަކުން ކިޔަވަމުންދާ ގައުމެކެވެ. އަދި އިންޑިއާ އަކީ ރާއްޖެއަށް ތައުލީމީ ދާއިރާ އިން ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355