twitterviber whatsapp telegramfacebookyoutube instagram
29th March 2024

އދ އާންމު މަޖިލީހުގެ ރައީސަށް ގުއާޓަމާލާގެ އެންޓޯނިއޯ ހޯޒޭ ޑި އިރިސަރީ އިއްޒަތް އަރުވައިފި

ނަބީލާ އިސްމާޢީލް
Jul 16, 2022
1

ގުއާޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުالله ޝާހިދަށް އަރުވައިފިއެވެ.

މި އިއްޒަތް އަރުވާފައި ވަނީ ގުއާޓަމާލާގެ ވެރިކަން ކުރާ ސިޓީގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއިއްޒަތް އެރުވުމަށް ގުއަޓަމާލާގެ ރައީސް ވަނީ ހާއްސަ ގަރާރެއް ނެރުއްވާފައެވެ.

‎ޝާހިދަށް އެ ޢިއްޒަތް އަރުވާފައިވަނީ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

އެގޮތުން އެމަނިކުފާނުގެ "އުންމީދުގެ ރިޔާސަތުގެ" ގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ކޮވިޑްގެ ޙާލަތުން ހަލުވިކަމާއެކު އަރައިގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އާރާސްތުކުރުމަށާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން ފާހަގަކޮށްލެވެއެވެ.

ވަކިން ޚާއްސަކޮށް މިންތީގެ ހަމަހަމަކަމާއި ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރައްވާ މަސައްކަތްތަކާއި އދ. އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތައް ހިމެނެއެވެ.

‎އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ އަކީ 1973 އިން ފެށިގެން އެ ޤައުމުން ދެމުން އަންނަ ޢިއްޒަތެކެވެ. އެ ޢިއްޒަތް އެ ޤައުމުން އަރުވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ޚިދްމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ.

‎އެ ނިޝާންގެ ޢިއްޒަތް ނިސްބަތްވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.

‎މިނިސްޓަރު ޝާހިދު ގުއާޓަމާލާއަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. އެ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސްއާއި މިނިސްޓާ އޮފް ފޮރިން އެފެއާޒްއާއި ކެބިނެޓުގެ އެހެން މިނިސްޓަރުންނާއި ޤާނޫނު ހަދާ މަޖީހުގެ ރައީސް އާއި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން އެ ޤައުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އދ ގެ ތަފާތު 23 އޭޖެންސީގެ ވެރިންނާއެކު ބައްދަލު ކުރައްވާ އެ އޭޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355