twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރާއްޖޭގެ ޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2 އަހަރު ފަހުން: އައިއެމްއެފް

ޚަދީޖާ އާދަމް
Jul 17, 2022

ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފްއިން ބުނީ 2024 ވަނަ އަހަރުވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫން ކަމަށެވެ.

ޖީއެސްޓީ ބޮޑުކުރަން ވާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި ޖީއެސްޓީ އަށް ބަދަލުތައް ގެންނައިރު ކޮވިޑްގެ ކުރީގެ ހާލަތަށް އިގްތިސާދު ރުޖޫއަވެ، ތަކެތީގެ އަގުތައް އެއްވަރެއްގައި ކޮންޓްރޯލްވެފައިވޭތޯ ބަލަން ޖެހޭނެ ކަމަށް ވެސް އައިއެމްއެފް އިން ބުނެފައި ވެ އެވެ.

އެގޮތުން މިދިޔަ މަހުގެ 16 ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޖީއެސްޓީ ބޮޑުކުރަން އެންމެ އަވަހަށް ވެސް ރާއްޖެއިން މަސައްކަތް ފަށަން ވާނީ 2024 ވަނަ އަހަރު ކަމަށެވެ. މި ރިޕޯޓް އައިއެމްއެފް އިން ތައްޔާރުކޮށްފައި ވަނީ މިދިޔަ މާޗް މަހާ ހަމައަށް ލިބިފައިވާ މައުލޫމާތަށް ބުރަވެ ކަމަށް އައިއެމްއެފް އިން ބުނެ އެވެ.

ރާއްޖޭގައި ނަގާ ޖީއެސްޓީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް ކުޑަކަން އައިއެމްއެފް އިން ފާހަގަކުރެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ޖީއެސްޓީ އަށް ޕަސެންޓާއި 10 ޕަސެންޓަށް ބޮޑު ކުރަން ވެސް ވަނީ ލަފާ ދީފަ އެވެ. އެކަމަކު އެ ޖަމާއަތުން ލަފާ ދެނީ އެ ބަދަލުތައް، ބަހާލައިގެން ގެނައުމަށެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި، ޖީއެސްޓީ އާއި ޓީޖީއެސްޓީ އަށް ބަދަލުތައް ގެންނަނީ މާލީ އިދާރާތަކުގެ ލަފާއާ އެކު ކަމަށެވެ. އެ ބަދަލުތައް ގެންނަނީ، މި ހާލަތުގައި މިއީ އަޅަން އެންމެ ރަނގަޅު ފިޔަވަޅުތަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355