twitterviber whatsapp telegramfacebookyoutube instagram
20th August 2026

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި

ނަބީލާ އިސްމާޢީލް
Jul 19, 2022

ޖުލައި މަހުގެ 8 ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ސޮއިކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ މި ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޝިންޒޯ އަބޭ ސިފަކުރައްވާފައި ވަނީ ޖަޕާނުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ.

އަދި އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއްކަމަށާއި، ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެކަމުގައި އެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355