twitterviber whatsapp telegramfacebookyoutube instagram
16th October 2025

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ ކަމަށްލަފާކޮށް ވައިޓް އެލާޓް ނެރެފި

ނަބީލާ އިސްމާޢީލް
Jul 20, 2022

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ރާއްޖެގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ.

އެލަރޓް ނެރެފައިވަނީ މިއަދު 11:00 އިން ފެށިގެން 17:00 އަށެވެ. މިގަޑިތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް މުސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަ ވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ.

އުތުރާއި މެދު ރާއްޖެތެރެއަށް ކަނޑުތަށް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355