twitterviber whatsapp telegramfacebookyoutube instagram
29th July 2026

ސިޓީ ކައުންސިލުން މާދަމާ ރައްޔިތުންނާ ބައްދަލުކުރަނީ

ޚަދީޖާ އާދަމް
Jul 20, 2022

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މާދަމާ ރޭ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިއްޖެ އެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި އެ ކައުންސިލުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި، ކުރިއަށް ރޭވިފައިވާ ހަރަކާތްތައް ރައްޔިތުންނާއި ހިއްސާކުރާނެ ކަމަށެވެ.

މީގެ އިތުރުން އެ ކައުންސިލުގެ މުހިއްމު ނިންމުތައްވެސް ހިއްސާކުރާނެ ކަމަށާއި އެގޮތުން ބައްދަލުވުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.

ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައެވެ. ބައްދަލުވުމުގެ ގަޑިއަކީ 20:45 އެވެ.

މިއަހަރު ފެބްރުއަރީ މަހުވެސް ކައުންސިލުން ވަނީ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި 2021 ވަނަ އަހަރު ހިންގުނު ހާއްސަ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355