twitterviber whatsapp telegramfacebookyoutube instagram
20th October 2025

އެސްޓީއޯ އަދަބީ ބަސް ކެމްޕެއިންގައި ވަރަށް ނަލަ ބަސްތަކެއް

ޚަދީޖާ އާދަމް
Jul 20, 2022

އެސްޓީއޯއިން މިހާރު ކުރިއަށް ގެންދާ އާ އަދަބީ ބަސް ކެމްޕެއިނަށް އާންމުގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މިދިޔަ އޭޕްރިލް މަހު ފެށި މި ކެމްޕެއިނަށް 36 އަދަބީ ބަހެއް ހުށައަޅާފައިވާއިރު ހުރިހާ ބަހަކީވެސް ރީތި ބަސްތަކެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކެމްޕެއިނަށް ހުށައަޅާފައިވާ އަދަބީ ބަސްތައް އާންމުކޮށް މިއަދު ވަނީ އެންމެ ކަމުދާ ބަސް ހޮވުމަށް އާންމުނަށް ހުޅުވާލާފައެވެ.

މުބާރާތަށް ހުށަހަޅާ ބަސްތަކުގެ ތެރެއިން އެއް ވަނަ އަންނަ ބަސް ހުށަހަޅާ މީހަކަށް މެލޭޝިއާގެ ދެކޮޅު ޓިކެޓާ އެކު 1،000 ޑޮލަރުގެ ވައުޗާއެއް ލިބިގެން ދާނެއެވެ.

އެންމެ ކަމުދާ ބަސް ހޮވުމަށް ވޯޓުލުމުގެ ސުންގަޑިއަކީ 23 ޖުލައިގެ ނިޔަލެވެ. އެގޮތުން ވޯޓުލުމަށް އެންމެ ކަމުދާ ބަސް ނުވަތަ ބަހަށް ދީފައިވާ ނަންބަރު އެސްޓީއޯ ޕޭޖަށް މެސެޖްކޮލުމަށް އެދިފައި ވެއެވެ.

އެ މުބާރާތް އިއުލާން ކުރުމަށް ފަހު އެ ކުންފުނިން ބުނީ "އާ އަދަބީ ބަސް" ގެ ނަމުގައި ބާއްވާ މުބާރާތުގެ މަގުސަދަކީ ދިވެހި އަދަބިއްޔާތު މުއްސަނދިކުރުމުގެ ގޮތުން އާ އަދަބީ ބަސްތައް ހެދުން ހިތްވަރު ދިނުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355