twitterviber whatsapp telegramfacebookyoutube instagram
5th October 2026

ހދ އަތޮޅު ޤުރުއާން މުބާރާތް އޮކްޓޯބަރުގަ، ހޯސްޓްކުރުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jul 21, 2022

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު 1443 ވަނަ އަހަރުގެ ހދ. އަތޮޅު ޤުރުއާން މުބާރާތް، އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހދ. އަތޮޅު ކައުންސިލުން ނިންމާ މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް ޝައުގުވެރިކަންހުރި ކައުންސިލްތަކަށް ހުޅުވާލައިފި އެވެ.

މި އަހަރު ޤުރުއާން މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 6 ން 8 އަށެވެ. މި ދުވަސްވަރު މުބާރާތް ބާއްވަން އަތޮޅު ކައުންސިލުން ނިންމާފައިވަނީ މިއަދު ބޭއްވުނު އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 54 ވަނަ އާންމު ބައްދަލުވުމުގަ އެވެ.

އަތޮޅު ކައުންސިލުން ބުނީ، ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް، މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ 6 އުމުރު ފުރާއަކަށެވެ.

އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރު ފުރާއެވެ.

މިމުބާރާތަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ. ނަމަވެސް، ކޮވިޑް 19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު މިމުބާރާތް ބާއްވާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293