twitterviber whatsapp telegramfacebookyoutube instagram
25th August 2026

ފޯކައިދޫ ބަލިކޮށް ނޯތު ލީގުގައި ކުޅުނު ދެވަނަ މެޗުވެސް ފުނަދޫން ކާމިޔާބުކޮށްފި

މުޙައްމަދު އަހުމަދު
Jul 22, 2022

އެފްއޭއެމުން ކުރިއަށް ގެންދާ އެމްޓީސީސީ ނޯތު ލީގު/ދެވަނަ ޑިވިޝަންގެ ގްރޫޕް ބީގައި ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީން ކުޅުނު ދެވަނަ މެޗުގައި ފޯކައިދޫ ބަލިކޮށްފި އެވެ.

ފޯކައިދޫގެ އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތް ޑިވަލޮޕްމަންޓްގެ މައްޗަށް ޔުނިޓީ ސްޕޯޓްސްއިން ކުރި ހޯދީ 2 - 1 ގެ ހަނި ތަފާތަކުންނެވެ. މެޗުގައި ދެޓީމުން ވެސް ފޯރިގަދަ ވަރުގަދަ ކުޅުމެއް ދެއްކިއިރު މެޗު ކާމިޔާބުކުރީ ފުނަދޫ ޓީމުންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ފުނަދޫއިންނެވެ. އެހެންނަމަވެސް މިލަނޑަކީ މެޗުގެ 20 ވަނަ މިނެޓުގައި ފޯކައިދޫގެ އަބްދުﷲ ތޯރިގު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ 1 - 0 ން ފުނަދޫ ކުރީގައި އޮވެގެންނެވެ.

ފުނަދޫއިން ދެވަނަ ހާފު ވެސް ފެށީ ވަރުގަދަކޮށްގެންނެވެ. ދެވަނަ ހާފު ފަށައިގެން 2 މިނެޓުތެރޭ ފުނަދޫގެ މުހައްމަދު ރިޝްވާން ޖަހައިދިން ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ.

މެޗުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު ފޯކައިދޫގެ ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 16 ފަރުހާން އެވެ. ފުނަދޫން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ފަސޭހަކަމާއެކު 5 - 3 ން ނަރުދޫގެ ރަމްޒު ސްޕޯޓްސް އެކަޑަމީ ބަލިކޮށްފަ އެވެ.

ނޯތު ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ފޯކައިދޫން އަމިއްލަ ދަނޑުގައި ނުކުންނާނީ ނަރުދޫއާ ދެކޮޅަށެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355