twitterviber whatsapp telegramfacebookyoutube instagram
26th June 2026

އާސަންދަ ބަޖެޓު ހުސްވެ، ހަރަދު އިތުރުވެއްޖެ

ޚަދީޖާ އާދަމް
Jul 24, 2022

މި އަހަރުގެ މެދުޖެހިފައިވާއިރު ސަރުކާރުގެ ހިލޭ ބޭސް ފަރުވާ ކުރާ ސްކީމް "އާސަންދަ" އަށް ދިން ބަޖެޓު ހުސްވެއްޖެ އެވެ.

ނަމަވެސް ސަރުކާރުން ވަނީ އާސަންދައިގެ ހޭދަ ކުޑަކުރަން ނިންމާފައިވާތީ އާސަންދަ ބަޖެޓްވެސް ވަނީ ކުޑަކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު އާސަންދަ އަށް ހަރަދު ކުރަން ދީފައިވަނީ 730.9 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް އާސަންދައަށް 795 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި މިހާތަނަށް ހަރަދުކުރި އަދަދު ވަނީ 874.6 މިލިއަން ރުފިޔާ އަރާފަ އެވެ.

މިދިޔަ އަހަރުގެ މިމުއްދަތުގައި އާސަންދަ ސްކީމުން ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ގާތްގަނޑަކަށް 658 މިލިއަން ރުފިޔާ އެވެ.

އާސަންދައިގެ ހަރަދުގެ ތެރޭގައި ހިމެނޭ ބޭހުގެ ހަރަދުތައް ކުޑަކުރަން ބޭސް ވިއްކާ ކުންފުނިތަކާ ސަރުކާރުން މަޝްވަރާ ކުރި އެވެ. ނަމަވެސް މިހާތަނަށް މީގެ އަލިމަގެއް ފެނިފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355