twitterviber whatsapp telegramfacebookyoutube instagram
8th July 2026

ރާއްޖޭން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން އަތުވެއްޖެ

Jul 28, 2022

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ހައްޖާޖީން މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ ފަހު ގުރޫޕު ރާއްޖެ އައިސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު މިއަދު ރާއްޖެ އައި އެންމެ ފަހު ގުރޫޕުގައި ހިމެނެނީ 117 ހައްޖުވެރިންނެވެ.

މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ދިވެހިންގެ ފުރަތަމަ ގުރޫޕު އެނބުރި މާލެ އައިސްފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އެއީ ޖުމުލަ 157 މީހުންނެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 175 މީހުން ހިމެނޭ ދެވަނަ ގުރޫޕު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައިސްފައިވައިވާއިރު އެންމެ ފަހު ގުރޫޕަކީ މިއަދު ރާއްޖެ އައި މީހުންނެވެ.

މި އަހަރަކީ ކޯވިޑާއި ގުޅިގެން އައި ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ހުޅުވާލައިގެން ހައްޖުގެ އަޅުކަން ބޭއްވި ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355