twitterviber whatsapp telegramfacebookyoutube instagram
25th April 2024

އާސެނަލްއާއި ޕެލަސްގެ ކުރިމަތިލުމަކުން އިނގިރޭސި ޕްރިމިއާ ލީގު މިރޭ ފަށަނީ

މުޙައްމަދު އަހުމަދު
Aug 5, 2022

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއްލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މިރޭ އާސެނަލްއާއި ކުރިސްޓަލް ޕެލަސްގެ ކުރިމަތިލުމަކުން ފަށާނެ އެވެ.

ލީގުގެ ފުރަތަމަ މެޗުގައި އާސެނަލުން ޕްލަސްއާ ދެކޮޅަށް ނުކުންނައިރު މިމެޗަކީ އާސެނަލަށް ހާއްސަ މެޗަކަށްވެގެންދާނެ އެވެ. އެއީ އިދިކޮޅުން ނުކުންނަ ޕެލަސްގެ ކޯޗަކީ އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރާ އެވެ.

ޕެލަސްގެ ދަނޑުގައި ޕެލަސްއާ ދެކޮޅަށް އާސެނަލުން ނުކުންނައިރު މިމެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ. އާ ސީޒަނުގެ ފުރަތަމަ މެޗުން މޮޅުވުމަށް މިރޭ ދެޓީމުން ވެސް ގަދަ ހިފުމަކަށްދާނެ އެވެ.

މާދަމާ ކުޅެން ހަމަޖެހިފައިވާ ޕްރިމިއާ ލީގުގެ މެޗުތައް:

1. މާދަމާ ހަވީރު ރާއްޖެ ގަޑިން 4:30 ގައި، ކުޅޭނީ ލިވަޕޫލާއި ފުލަމް އެވެ.

2. މާދަމާ ރޭ ރާއްޖެ ގަޑިން 7 ގައި، ކުޅޭނީ އެސްޓަން ވިލާއާއި ބޯންމައުތެވެ.

3. މާދަމާ ރޭ ރާއްޖެ ގަޑިން 7 ގައި، ކުޅޭނީލީޑްސް ޔުނައިޓެޑާއި ވުލްވްސް އެވެ.

5. މާދަމާ ރޭ ރާއްޖެ ގަޑިން 7 ގައި، ކުޅޭނީ ޓޮޓެންހަމް ހޮޓްސްޕާއާއި ސައުތެމްޓަން އެވެ.

6. މާދަމާ ރޭ ރާއްޖެ ގަޑިން 9.30 ގައި، ކުޅޭޏީ ޗެލްސީއާއި އެވަޓަން އެވެ.

މިފަހަރުގެ ސީޒަން މެދުތެރެއިން ވޯލްޑް ކަޕަށް ލީގުތައް މެދުކަނޑާލާނެ އެވެ. ފްރެންޗް ލީގް 1 އާއި ބުންޑަސްލީގާ އަދި ޕްރިމިއާ ލީގު މިރޭ ފަށާއިރު ސްޕެނިޝް ލަލީގާ ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ. އަދި އިޓަލީގެ ސެރީއޭ ފަށާނީ 12 ވަނަ ދުވަހުގެ ރެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގާ އެކު ޖަރުމަން ބުންޑެސްލިގާ އާއި ފްރެންޗް ލީގް ވަން ވެސް މިރޭ ފަށާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ޔޫރަޕުގެ އެންމެ މަތީ ފަސް ލީގު ތެރޭގައި ދެން ހިމެނޭ ސްޕެނިޝް ލަލީގާ، މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފަށަން ހަމަޖެހިފައި ވާއިރު، އިޓަލީގެ ސެރީއޭ ފަށާނީ 13 ވަނަ ދުވަހުގެ ރެއެ އެވެ.

ނޮވެމްބަރު މަހު 21 ގައި ވޯލްޑް ކަޕް ފަށާއިރު ފައިނަލް އޮތީ ޑިސެމްބަރު 18 ގަ އެވެ. އަދި ފައިނަލަށްފަހު އަލުން ލީގުތައް ފަށާއިރު އެންމެ ފުރަތަމަ ފަށާނީ ވެސް ހަމަ ޕްރިމިއާ ލީގެވެ. ޑިސެމްބަރު 26ގައި ޕްރިމިއާ ލީގު ފަށާއިރު 28ގައި ފްރެންޗް ލީގު އަދި 31ގައި ލަލީގާ ފަށާނެ އެވެ. ޖެނުއަރީ 4ގައި އިޓާލިއަން ސެރީއޭ ފަށާއިރު ބުންޑަސްލީގާ ފަށާނީ ޖެނުއަރީ 21 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355