twitterviber whatsapp telegramfacebookyoutube instagram
6th April 2025
ADVERTISEMENT
ކުޅުދުއްފުށީ އަންހެނުން ކޮމެޓީން ކަސަބު ގަތަން ދަސްކޮށްދޭ ކޯހެއް ފަށަނީ،، ކަސަބު ގެތުން--ފޮޓޯ:މާޕު އިންސްޓަގުރާމް

ކުޅުދުއްފުށީ އަންހެނުން ކޮމެޓީން ކަސަބު ގަތަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ނަބީލާ އިސްމާޢީލް
Aug 9, 2022
1

ކުޅުދުއްފުށީ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކުޅުދުއްފުށީގައި ކަސަބު ގަތަން ދަސްކޮށްދޭ ކޯހެއް ފަށަން ނިންމާ ބައިވެރިވުމުގެ ފުރުސަތުހުޅުވާލައިފި އެވެ.

ޑަބްލިއުޑީސީ ރައީސާ ހަދީއްޖާ މޫސާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކޯހަކީ ކުޅުދުއްފުށީގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވަން ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.

15 ދުވަހުގެ މުއްދަތަށް ހިންގުމަށް ނިންމާފައިވާ މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބޭސިކުން ފަށައިގެން އެޑްވާންސާ ހަމައަށް ކަމަށާއި މިކޯހުގައި ކިޔަވާދޭނީ މިކަމުގެ ތަޖުރިބާކާރު ފަރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހު 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެ ސިޓީގައި ދިރިއުޅޭ ކަނބަލުންގެ ތެރެއިން 16 އަހަރާއި 40 އަހަރާއި ދެމެދުގެ ކަނބަލުންނަށެވެ.

ޖުމްލަ 10 ބައިވެރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، ބައިވެރިން ހޮވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 13 އޯގަސްޓް ވާ ހޮނިހިރު ދުވަހުގެ 10:00 ގައި ކުޅުދުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައެވެ. ކޯހުން ފުރުސަތު ދޭ ދިހަ ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ނަގައިގެނެވެ.

މި ކޯހާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 9958819 ނަމްބަރަށް ގުޅުމަށް ސިޓީ ކައުންސިލުން ވަނީ އެދެފަ އެވެ.

ނަން
ކޮމެންޓް
ކިއުންތެރިއެއްގެ
ދިވެހިން ކަސަބު އަޅާއުޅުނީ ލިބާހު ބޯވަޅުގަ އެވަށިހަމަ ފެހި ލިބާހަކަސް ރަތްލިބާކައް ވިއަސް! މިހާރު ދިވެހި ގިނަ އަންހެނުން ހެދުން އަޅަނީ ކަޅުކުލައިން އަފުގާނިސްތާނު ސުޓައިލައް އެ ސްޓައިލް އޭއީ ހެދުމު ބޯވަޅު ފެންނަ ސްޓައިލެއްނޫން! ދެން ކޯސް ނިންމާފަ ކަސަބު އާޅާ ގޭ ދޮރުމާތި އޮންނަ ފައި ފުހީގަތޯ؟
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com