twitterviber whatsapp telegramfacebookyoutube instagram
16th April 2024

ސްކޫލްތަކުގެ ތަރައްގީއަށް އެންމެ ބޮޑު ހަރަދެއް ކުރީ މި ސަރުކާރުން: އެޑިއުކޭޝަން މިނިސްޓަރު

ނަބީލާ އިސްމާޢީލް
Aug 20, 2022
1

ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރީ މި ސަރުކާރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ އެންމެ ގިނަ ޕްރޮޖެކްޓް ސްކޫލްތަކުގައި ހިންގި ސަރުކާރަކަށް މި ސަރުކާރު ވާނެކަމަށެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކުން އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ފަންނުވެށި ޕްރޮގްރާމް މިހާރު ފެށިފައިވާކަމަށާއި، އެ ޕްރޮގްރާމުގައި އެކި ހުނަރުތައް ދަސްކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކުރީގެ ސަރުކާރުން 941.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި ސަރުކާރުން ހަރަދުކޮށްފައިވަނީ 1316.9 މިލިއަން ރުފިޔާ ކަމަށްވެސް މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވިއެވެ.

އަދި އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެގޮތުން 216 މަޝްރޫއު ބަޖެޓްކޮށް، 46 މަޝްރޫއު ނިމި ބޭނުން ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. 89 މަޝްރޫއު ކުރިއަށްދާއިރު، 11 މަޝްރޫއު އެވޯޑްކުރެވިފައިވާކަމަށާއި، މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ވިދާޅުވިއެވެ. މިހާތަނަށް 1288 ކްލާސްރޫމާއި 81 މަލްޓިޕާޕަސަސް ހޯލާއި 338 އެހެނިހެން އިމާރާތްތައް ގާއިމުކޮށްފައިވާކަމަށެވެ.

ތައުލީމުގެ ގާނޫނު ވުޖޫދުކުރެވުން އެއީ ލިބުނު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355