twitterviber whatsapp telegramfacebookyoutube instagram
15th April 2026

ނޮޅިވަރަންފަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މަންމަ އާއި ދަރިފުޅު ފިހިއްޖެ

ނަބީލާ އިސްމާޢީލް
Aug 27, 2022

ހދ. ނޮޅިވަރަންފަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މަންމަ އާއި އޭނާގެ ކުޑަ ދަރިފުޅު ފިހިއްޖެ އެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 6:30 އާއި 7:00 ދެމެދު އެވެ.

ކޭއޯއަށް މައުލޫމާތި ދެއްވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ގޭސް އުނދުނުން ގޭސްލީކުވެފައި ހުއްޓާ އުނދުން ރޯކޮށްލެވިގެން ކަމަށެވެ.

މި ހާދިސާގައިި އަނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ އަންހެނަކާއި އޭނާގެ ދެ އަހަރުގެ ދަރިފުޅަށްކަމަށް ނަދީމް ވިދާޅުވި އެވެ.

މި ހާދިސާގައި ފިހުނު ދެ މީހުން ފުރަތަމަ ގެންދެވުނީ އެރަށު ސިއްހީ މަރުކަޒަށް ކަމަށާއި މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާކަމަށް ނަދީމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިސަލް މުހައްމަދު މޫސާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނު 9:45 ހާއިރު ފިހިގެން ނޮޅިވަރަންފަރުން ގެނެވުނު ދެ މީހުންނަށް ފަރުވާދެމުން އަންނަ ކަމަށެވެ.

ނަމަވެސް ފަރުވާ ދެމުން އަންނާތީ އެމީހުންގެ ހާލަތު އަދި ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެކުރިން މިމަހުގެ 21 ވަނަ ދުވަހު ފ. ދަރަނބޫދޫގައި ގޭސްފުޅިއެއް ލީކުވެގެން އަންހެނަކު ނިޔާވެފައިވާއިރު، މިދި މިމަހުގެ 25 ވަަނަ ދުވަހު ސްޓެލްކޯގެ ހިޔާ ފްލެޓެއްގައި ގޭސް ފުޅިއެއް ލީކްވެގެންވެސް އަންހެނަކަށް ވަނީ އަނިޔާވެފައެވެ.

އަދި މިމަހު ހޯރަފުށީގައި ވެލްޑިންގ ކުރަން އުޅުމުގެ ތެރޭގައި ރެސިންގ ފީފާއެއް ގޮވައި ވެސް މީހަކު ވަނީ ފިހިފަ އެވެ/

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355