twitterviber whatsapp telegramfacebookyoutube instagram
2nd December 2025

މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތް ނޮޅިވަރަމްގައި

އަބްދުލް ވާހިދު ޙަސަން
Aug 29, 2022

އަންނަ އޮކްޓޯބަރުމަހު ފެށުމަށް އިއުލާންކޮށްފައިވާ ހދ އަތޮޅު ޤުރުއާން މުބާރާތް ހޯސްޓްކުރާނެ ރަށެއް ހޯދުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ރަށަކުންކަމަށް ހދ އަތޮޅު ކައުންސިލް ބުނެފި އެވެ.

ހދ އަތޮޅު ކައުންސިލުން ބާއްވާ، އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް ބޭއްވުމަށް ޝައުގުވެރިކަންފާޅުކޮށްފައިވަނީ ހަމައެކަނި ނޮޅިވަރަމް ކައުންސިލުންނެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް ކޭއޯއަށް ވިދާޅުވީ، މުބާރާތް ބޭއްވާނެ ރަށެއް ހޯދުމަށް އަލުން ހުޅުވާލުމުގެ ވިސްނުން ކައުންސިލުން ނުގެންގުޅޭ ކަމަށާއި އެެހެންވުމުން މިއަހަރުގެ ޤުރުއާން މުބާރާތް އޮންނާނީ ނޮޅިވަރަމްގައި ކަމަށެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު 1443 ވަނަ އަހަރުގެ ހދ. އަތޮޅު ޤުރުއާން މުބާރާތް އޮންނާނީ އޮކްޓޫބަރު މަހުގެ 6 ން 8 އަށެވެ.

ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް، މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ 6 އުމުރު ފުރާއަކަށެވެ.

އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރު ފުރާއެވެ.

މިމުބާރާތަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355