twitterviber whatsapp telegramfacebookyoutube instagram
16th September 2026

ކުޅުދުއްފުށީގެ ސްކޫލްތަކަށް ސިޓީ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދީފި

އަބްދުލް ވާހިދު ޙަސަން
Aug 30, 2022
1

ކުޅުދުއްފުށި ސިޓީގައި ހިންގާ ސަރުކާރުގެ ސްކޫލުތަކަށް ސިޓީ ކައުންސިލުން މާލީ އެހީތެރިކަންފޯރުކޮށްދީފި އެވެ. އެގޮތުން ކޮންމެ ސްކޫލަކަށް ވަނީ 50،000 ރުފިޔާ ދީފަ އެވެ.

ސިޓީ ކައުންސިލުން ބުނީ، މި ގްރާންޓްގެ ސްކީމްގެ މަގުސަދަކީ ސްކޫލްތަކުގެ ޕީޓީއޭތަކުން ސްކޫލް ކުރިއަރުވަންކުރާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީތެރިކަމެއްކަމަށެވެ.

އަދި ސްކޫލު ކުރިއެރުވުމުގައި ޕީޓީއޭގެ ދައުރުފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީގެ ތައުލީމީ ހާލަތު ރަނގަޅުކުރުންކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ޕީޓީއޭގެ ގްރާންޓް އެއްބަސްވުމުގައި ތިން ސްކޫލާއެކު މިހާރު ސޮއިކޮށްފައިވާއިރު މި ގްރާންޓް ދޫކޮށްފައިވަނީ ސްކޫލްތަކަށް ހުޅުވާލައިގެން ހުށަހެޅި ޕްރޮޕޯސަލްގައި ހިމެނޭ ކަންކަން ހާސިލުކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293