twitterviber whatsapp telegramfacebookyoutube instagram
23rd August 2026

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގުބޮޑުކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 31, 2022
5

ގައުމީ އެއާލައިން، މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގައި ވިއްކާ ޓިކެޓް އަގު ބޮޑުކޮށްފި އެވެ. މިއީ އެ ކުންފުނިން ވިއްކާ ޓިކެޓްގެ އަގު މިއަހަރު ތެރޭގައި ބޮޑުކުރި ދެވަނަ ފަހަރެވެ.

ޓިކެޓްގެ އަގު ބޮޑުކުރި ސަބަބެއް މޯލްޑިވިއަނުން އަދި ހާމަކޮށްފައެއްނުވެ އެވެ.

އެކަމަކު ކޭއޯއަށް އެނގިފައިވާގޮތުގައި ޓިކެޓްގެ އަގު ބޮޑުކޮށް އެކަން ޓިކެޓް ކައުންޓަރުތަކަށް އެންގީ މިއަދު ވަރަށް ހަވީރުވި ފަހުންނެވެ.

މޯލްޑިވިއަނުން ޓިކެޓަކުން ބޮޑުކޮށްފައިވަނީ 69 ރުފިޔާ އެވެ. އެހެންވުމުން ސެޕްޓެމްޓަރު އެކަކުން ފެށިގެން ކުޅުދުއްފުށި-މާލޭ އެއްކޮޅު ޓިކެޓެއް ވިއްކާނީ 1363 ރުފިޔާއަށެވެ.

ބޮޑުކުރި އަގާއެކު ކުޅުދުއްފުށި-މާލޭ-ކުޅުދުއްފުށި ޓިކެޓެއްގެ އަގު އުޅޭނީ 2726 ރުފިޔާއަށެވެ. ހަނިމާދޫ، ހޯރަފުށި، ފުނަދޫގެ ޓިކެޓްގެ އަގުވެސްތައްވެސް ލިބޭނީ މިއަގުގައި އެވެ.

މީގެ ކުރިން މި ރަށްތަކަށް މޯލްޑިވިއަން އެއްކޮޅު ޓިކެޓެއް ވިއްކަމުންގެންދިޔައީ 1294 ރުފިޔާއަށެވެ. ކޮވިޑްގެ ކުރިން ހަތަރު ފެއަރގެ ޓިކެޓް ވިއްކި ނަމަވެސް ކޮވިޑަށް ފަހު ފެއަރ ޓިކެޓް ވިއްކަމުންނުދާކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355