twitterviber whatsapp telegramfacebookyoutube instagram
17th August 2026

14 ރަށަކަށް ކުޑަކުދިންގެ ޕާކް އަޅާނެ ތަކެތި ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Sep 19, 2022

ރާއްޖޭގެ 14 ރަށެއްގައި ކުޑަކުދިންގެ ޕާކް އަޅާނެ ސާމާނު އެ ރަށްތަކުގެ ކައުންސިލާއި ޔޫތް މިނިސްޓްރީއިން ހަވާލުކޮށްފިއެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރަށްތަކަށް ބޭނުންވާ ތަކެތި ޔޫތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްދެއްވީ މިނިސްޓަރު އަހުމަދު މަހްލޫފްއެވެ. އެ ރަށްތަކުގެ ފަރާތުން ތަކެއްޗާއި ހަވާލުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ރަށު ކައުންސިލަރުނެވެ.

ޕާކު ސާމާނުތައް ހަވާލުކުރި ރަށްތަކަކީ:

  • ހދ. ނޭކުރެންދޫ
  • ށ. ކަނޑިތީމު
  • ށ. މާއުނގޫދޫ
  • ނ. ނަރުދޫ
  • ނ. މަގޫދޫ
  • ބ. ކަމަދޫ
  • ބ. ދަރަވަންދޫ
  • އއ. ބޮޑުފޮޅުދޫ
  • ދ. ރިނބުދޫ
  • ދ. މީދޫ
  • ތ. ތިމަރަފުށި
  • ތ. ގާދިއްފުށި
  • ތ. ގުރައިދޫ
  • ލ. މުންޑޫ

ޕާކް އަޅާނެ ތަކެތި ހަވާލުކުރުމާއި ގުޅޭގޮތުން ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްރަށުގައި 130 އަށް ވުރެ ގިނަ ޕާކު ތަރައްގީކުރުމަށް ރަށްރަށާ ތަކެތި ހަވާލުކުރި ނަމަވެސް ބައެއް ރަށްރަށުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށެވެ.
އެހެންވެ ޕާކްތަކުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355