twitterviber whatsapp telegramfacebookyoutube instagram
21st December 2025

ކައުންސިލުން ހެދި މައިޒާން "ރަށްމަތިފަންނު" މާދަމާ ހުޅުވަނީ

ނަބީލާ އިސްމާޢީލް
Sep 21, 2022
6

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުޅުދުއްފުށީ އުތުރު ބަނދަރުގެ ބީޗް ސަރަހައްދުގައި އަލަށް ތަރައްގީކޮށްފައިވާ މައިޒާން "ރަށްމަތިފަންނު" މާދަމާ ހުޅުވާނެ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލް މެމްބަރު ރިލްވާން މުހައްމަދު ވިދާޅުވީ ބީޗު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވުމުގެގޮތުން، އެ ސަރަހައްދަށް ވަދެ ނުކުތުން މިއަދުން ފެށިގެން މާދަމާ 16:30 ގެ ނިޔަލަށް ވަގުތީ ގޮތުން އާންމުންނަށް މަނާކަމުގަ އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއި އެކު މައިޒާން ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ 16:30 ގަ އެވެ.

1.1 މިލިއަން ރުފިޔާއަށް މި މައިޒާން ތަރައްގީކުރުމަށް ގިބްސް ލޮޖިސްޓިކްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ މި އަހަރުގެ މާރޗް މަސްތެރޭ 97 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

ކައުންސިލް މާލިއްޔާއިން ހަރަދުކޮށްގެން ތަރައްގީކުރި މި މައިޒާނުގެ އަގަކީ 1،155،584.74 ރުފިޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355