twitterviber whatsapp telegramfacebookyoutube instagram
11th December 2023

އިންޓަނޭޝަނަލް ޑިޒާސްޓާ ރެޒިލިއަންސް ލީޑާސް ފޯރަމަށް މޭޔަރާއި ޑެޕިއުޓީ މޭޔަރު ދެކުނު ކޮރެއާގައި

އަބްދުލް ވާހިދު ޙަސަން
Sep 29, 2022
1

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޑިޒާސްޓާ ރެޒިލިއަންސް ލީޑާސް ފޯރަމް، އިންޗިއޯން 2022، ކުޅުދުއްފުށި ސީޓީ މޭޔަރު މުހައްމަދު އާތިފް އާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ބައިވެރިވެވަޑައިގަންނަވައިފި އެވެ.

މިއީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯރ ޑިޒާސްޓާ ރިސްކް ރިޑަކްޝަން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

7 ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި މޭޔަރަޔާއި ޑެޕިއުޓީ މޭޔަރު ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުން، ސިޓީ ކައުންސިލްގެ ހިންގުން ހަވާލުކުރައްވާފައިވަނީ ކައުންސިލް މެމްބަރު އާތިފާ އަލީއަށެވެ.

ވިލުންވެރި ސިޓީއެއް ބިނާކުރުމަށް އދ އިން ކުރިއަށްގެންދާ މޭކިން ސިޓީ ރެޒިލިއަންޓްގައި މިހާތަނަށް ރާއްޖޭން ބައިވެރިވެފައިވަނީ ހަމައެކަނި ކުޅުދުއްފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355