twitterviber whatsapp telegramfacebookyoutube instagram
8th July 2026

މަހްރަމަކާ ނުލައި ހައްޖަށް ދެވޭގޮތް ހަދައިފި

Oct 11, 2022

ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ އަންހެނުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަހުރަމަކާއި ނުލައި ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ނިންމައިފި އެވެ.

އިއްޔެ ސައުދީ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައޫދީގެ ހައްޖާއި އުމުރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު ވިދާޅުވީ މީގެ ފަހުން ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަންނަ އަންހެން ހައްޖުވެރިންނަށް މަހްރަމަކާ ނުލައި، އެ އަޅުކަން އަދާ ކުރެވޭނެ ކަމަށެވެ.

ސައުދި އަރަބިއްޔާ އިން ކުރިން ވަރަށް ހަރުކަށިކޮށް ހިފަހައްޓަމުން އައި މަހްރަމުންގެ ސިޔާސަތަށް ބަދަލު ގެނައި ވަކި ސަބަބެއް އެ ގައުމުން ހާމަކޮށްފައެއް ނުވެ އެވެ.

މަހްރަމުންގެ ގޮތުގައި މީގެކުރިން ބަލައިގަންނަމުން ދިޔައީ ފިރިމީހާ، ބައްޕަ ނުވަތަ ދާއިމަށް ކައިވެނި ހަރާމް ފިރިހެނުންނެވެ.

ސައުދި އަރަބިއްޔާ އަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ވިސާ ދޫކުުރުމުގައި ވެސް މިހާރު ލުއި ގޮތްތަކެއް ހަދައިދީފައިވާ ކަމަށް މިނިސްޓަރު ތައުފީގުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެ އެވެ. އެގޮތުން ކޮންމެ ކަހަލަ ވިސާއެއްގައި ސައުދީއަށް އެތެރެވި ނަމަވެސް މިހާރު އުމުރާގެ އަޅުކަން އަދާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355