twitterviber whatsapp telegramfacebookyoutube instagram
27th April 2024

"އިލްމީ ދަންމަރު ނިވުނަނުދީ ދަމަހައްޓާ ބަޔަކަށް، ދަސްވެނީން ވުމަށް އެދެން"

ނަބީލާ އިސްމާޢީލް
Oct 12, 2022

އިލްމީ ދަންމަރު ނިވުނަ ނުދީ ދަމަހައްޓާ ބަޔަކަށް ދަސްވެނީން ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ފުރަތަމަ ސެޝަން ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ގައުމީ ޔުނިވާސިޓީގައި އޮތް ދަސްވެނިވުމުގެ މި ހަފްލާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ކަންކަން ބަލައި ހޯދައި އިލްމީ ދަންމަރު ނިވުނަ ނުދީ ދަމަހައްޓާ ބަޔަކަށް ދަސްވެނީން ވާންވާނެ ކަމަށެވެ.

މީގެ އިތުރުން ދަސްވެނިވެގެން ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ މައިދާނުގައި ކުރަންޖެހޭނެ ތަޖުރިބާތަކުގެ މައްޗަށާއި ދިރިދުނިޔޭގައި ހުރިހައި ދުވަހަކު އިލްމު އުނގެނުމުގެ މުހިއްމުކަމާއި ބެހޭގޮތުން އެކަމަނާ ވާހަކަ ދައްކަވައި، ދަސްވެނީންނަށް އިރުޝާދާއި ނަސޭހަތް ދެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ، މަސައްކަތުގެ އަމަލީ މައިދާނުގައި، ތަފާތު ހާލަތްތަކާއި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެހެން ނަމަވެސް މަންޒިލަށް ވާސިލް ވުމަކީ މުހިއްމު ކަމެއް ކަމުގައެވެ. އަދި، މަސައްކަތުގެ މާހައުލުގައި އަބަދުވެސް އަމާޒަކަށް ހަދަންވީ ހުރިހާ އެންމެންނާއި އެކު ގުޅިގެން މަސައްކަތްކޮށް ވީއެންމެ ރަނގަޅަކަށް ހިދުމަތް ފޯރުކޮށް ދިނުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދަސްވެނީންނަށް އުނގެނުމުގައި ދެމި ތިބުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި އެކަމަށް ހިތްވަރުދެއްވިއެވެ.

މިގޮތުން، ޑިގްރީއިން، މާސްޓަރސްއިން ނުވަތަ ޕީއެޗްޑީއިން ދަސްވަނީ އެކޯސްތަކުގައި ހިމެނޭ މައުލޫމާތުކޮޅު ކަމަށާއި، އެ މިންވަރުން ދުނިޔޭގެ ހުރިހާކަމެއް ތިމާއަށް އެނގުނީކަމަށް ދެކޭނަމަ އެއީ ގޯހެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން މިއަދު ހާސިލްކުރެވުނު އިލްމަކީ، ހަޔާތުގެ ބާކީ އޮތް ދުވަސްވަރު، އިތުރު މައުލޫމާތު ހޯދައި ހުނަރުތައް ދަސްކުރުމަށް ބޭނުންކުރެވޭ ހަރުފަތެއް ކަމަށް ބެއްލެވުމަށް ދަސްވެނީންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ އެކި ފެކަލްޓީތަކުން ކޯސްތައް ނިންމި ދަރިވަރުންގެ ތެރެއިން، ބެޗެލަރސް އިން ޝަރީޢާ އިން ލޯ އޮނަރސް ކޯހުން އެއްވަނަ ހޯދި ދަރިވަރަށް، ޤައުމީ ޔުނިވަސިޓީންދޭ ޝަރަފްގެ އެވޯޑާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން މި ޙަފްލާގައި ބެޗްލަރސް އާއި މާސްޓަރސް ޑިގްރީ ހާސިލްކުރި އެހެން ބައެއް ދަރިވަރުންނަށް ވެސް އެކަމަނާ ވަނީ ސަނަދުތައް ހަވާލުކޮށްދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355