twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އިރާންގެ ކުޅުންތެރިޔަކު ބަލިކޮށް އަންހެން ސިންގަލްސްއިން ރާއްޖޭގެ ނަބީ ދެވަނަ ބުރަށް

މުޙައްމަދު އަހުމަދު
Oct 18, 2022

މިއަދު ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި އަންހެން ސިންގަލްސްގައި އީރާންގެ ސާރާ އަމީނިއާން ބަލިކޮށް ރާއްޖޭގެ އައިމިނަތު ނަބީހާ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެބެ.

ފުރަތަަމަ ބުރުގެ މެޗުން ސާރާގެ މައްޗަށް ނަބީ ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. ނަބީ މެޗުގެ ސެޓުތައް ގެންދިޔައީ 21 - 17، 23 - 21 ންނެވެ. ދެވަނަ ބުރުގައި ނަބީ ނުކުންނާނީ އާދިޔާ ވާރިއާތުއާ ދެކޮޅަށެވެ. އާދިޔާއަކީ އިންޑިއާ ކުޅުންތެރިއެކެވެ.

އަންހެން ސިންގަލްސް އިވެންޓުގެ މިއަދު ކުޅެވުނު އެހެން މެޗުތަކަށް ބަލާލާއިރު ރާއްޖޭގެ ޝައިބާ މުހައްމަދު ޝަރީފް ވަނީ އިންޑިއާގެ ސްނޭހާ ރާޖްވާރު އަތުން ސީދާ ދެ ސެޓުން ބަލިވެފަ އެވެ. ޝުބާ މުހައްމަދު ޝަރީފް ވެސް ސީދާ ދެސެޓުން ލަންކާގެ ރަޝްމީ މުޑަލީގޭ އަތުން ވަނީ ބަލިވެފަ އެވެ.

ނަބީގެ އިތުރުން އަންހެން ސިންގަލްސް ދެވަނަ ބުރުގައި ރާއްޖޭން ވާދަކުރާނީ 7 ކުޅުންތެރިއެކެވެ. ފާތިމަތު ނަބާހާ، އައިޝަތު ޒޯޔާ ހުސެއިން، މައިޝާ އަހުމަދު އަޒީމް، އައިޝަތު އަލިޝާ މޫސާ، ނީލާ ނަޖީބް، އައިމިނަތު ޝަހުރުނާޒް މޫސާ އަދި މައިސާ ފަތުހުﷲ އިސްމާއިލް އެވެ.

މިކުޅުންތެރިން ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ މެޗެއް ނުކުޅެ އެވެ. އެއީ ގުރުއަތުލައިގެން ދެވަނަ ބުރުން ޖާގަ ހޯދި 7 ކުޅުންތެރިންނެވެ. ފިރިހެން ބުރުގައި ކުޅުނު ހުރިހާ މެޗަކުން ވެސް ރާއްޖެވީ ބައްޔެވެ.

27 ގައުމަކުން 207 ކުޅުންތެރިން ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355