twitterviber whatsapp telegramfacebookyoutube instagram
29th April 2026

އާއްމު ވިޔަފާރިއަށް ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން 25 އަހަރަށް ބިން ކުއްޔަށް ދެނީ

ނަބީލާ އިސްމާޢީލް
Oct 20, 2022

އާއްމު ވިޔަފާރިއަށް ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން 25 އަހަރަށް ބިން ކުއްޔަށް ދޭން ނިންމާ އަންދާސީ ހިސާބު ހުށަހެޅުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ 25 އަހަރުގެ މުއްދަތަށް ދޫކުރަން ހަމަޖެހިފައިވާ 1500 އަކަފޫޓުގެ 5 ބިން، ބިޑް ކުރެވޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 7 ރުފިޔާގެ ރޭޓުން ކަމަށެވެ.

މި ބިންތައް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން މި މަހު 31 ވަނަ ދުވަހުގެ 10:15 ގެ ކުރިން ރަޖިސްޓަރީވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮވެމްބަރުމަހު 1 ވަނަ ދުވަހު 10:15ގައި ސިޓީ ކައުންސިލްގެ އިދާރާގަ އެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ކައުންސިލުން ބުންޏެވެ. އަދި ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދޭނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ މި 5 ބިން ދޫކުރަން ހަމަޖެހިފައިވަނީ އުތުރު ބަނދަރު ސަރަހައްދުގައިވާ ބަނދަރު އެތުމާ ފިހާރަ ސަރަހައްދުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355