twitterviber whatsapp telegramfacebookyoutube instagram
28th April 2024

ދެވަނަ ބުރާ ހަމައިން ރާއްޖެއަށް ސިންގަލްސް އިވެންޓްތައް ނިމިއްޖެ

މުޙައްމަދު އަހުމަދު
Oct 20, 2022

މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ދެވަނަ ބުރުގައި އިއްޔެ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖޭގެ ކުޅުންތެރިންނަށް ސިންގަލްސް އިވެންޓްތައް ނިމިއްޖެ އެވެ.

އަންހެން ސިންގަލްސްގައި ދެވަނަ ބުރުގައި 7 ކުޅުންތެރިން ވާދަކުރިއިރު ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ދެ ކުޅުންތެރިއަކު ވާދަކުރި އެވެ. ރަނގަޅު ކުޅުމެއް ދިވެހި ކުޅުންތެރިން ދެއްކި ނަމަވެސް ރާއްޖެ ހުރިހާ މެޗަކުން ވެސް ބަލިވީ އެވެ.

ރާއްޖޭގެ މައިޝާ އަހުމަދު އަޒީމް އިންޑިއާގެ އަދިތީ ބަޓް އަތުން 21 - 01، 21 - 04 ން ބަލިވި އިންޑިއާގެ އާދިޔާ ވާރިއާތު އަތުން ރާއްޖޭގެ ނަބީ ބަލިވީ 21 - 07، 21 - 12 ންނެވެ. ނަބީ ވަނީ ފުރަތަމަ ބުރުގައި އީރާންގެ ސާރާ އަމީނިއާން ބަލިކޮށްފަ އެވެ.

އިންޑިއާގެ އަޝްމިތާ ޗާލިހާ އަތުން ރާއްޖޭގެ މައިސާ ފަތުހުﷲ އިސްމާއިލް 21 - 09، 21 - 03 ން ބަލިވިއިރު އިންޑިއާގެ ރިޝާ ދުބޭ އަތުން ނަބީހާ ވެސް ވަނީ ބަލިވެފަ އެވެ. ޖަޕާނުގެ ކައޫރޯ ސުގިޔާމާ އަތުން ނީލާ ނަޖީބު ބަލިވިއިރު އިންޑިއާގެ ކުޝީ ތައްކަރު ވަނީ ރާއްޖޭގެ އައިޝަތު ޒޯޔާ ހުސެއިން ބަލިކޮށްފަ އެވެ.

ޖަޕާންގެ މިހޯ ކަޔާމާ އަތުން ރާއްޖޭގެ އައިޝަތު އަލީޝާ މޫސާ ބަލިވިއިރު އައިމިނަތު ޝަހުރުނާޒް މޫސާ ބަލިވީ އިޒްރޭލުގެ ކަޓްސިއަރީނާ ޒަބްލޮޓްސްކާޔާ އަތުންނެވެ.

އިންޑިއާގެ ކިރަން ބަލާޖީ އަތުން ބަލިވީ ނިބާލް އަހްމަދު ވެސް ބަލިވިއިރު މުހައްމަދު އާކިފް ބަލިވީ މުބާރާތުގެ ދެވަނައަށް ސީޑްކޮށްފައިވާ ލުއިސް އެންރީކޭ އަތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355