ކުޅުދުއްފުށީ ސިޓީ ކައުންސިލުން ލޭ ހަދިޔާ ކުރާ މީހުންގެ ދަފްތަރެއް ހެދުމަށް ނިންމާ، އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ މި ދަފްތަރަކީ އެކިއެކި ބަލިތަކާއި ގުޅިގެން ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ލޭ ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން އެކުލަވާލަން ހަމަޖެހިފައިވާ ދަފްތަރެއް ކަމަށެވެ.
ކައުންސިލުން ބުނީ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ އޮންލައިން ލިންކް /https://kulhudhuffushicity.gov.mv/2022/10/10546 މެދުވެރިކޮށް މި މަހު 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
ހދ. އަތޮޅު ކައުންސިލުންވެސް މީގެ ކުރިން ވަނީ ލޭ ހޯދާ މީހުންނަށް އެހީވުމުގެ ގޮތުން ޑޯނަރސް.ހދ.ގަވް.އެމްވީ ނަމުގައި ވެބްސައިޓެއް ހަދާފަ އެވެ.
ކުޅުދުއްފުއްޓަކީ އުތުރުގެ ގިނަ ރައްޔިތުން ސިއްހީ ހިދުމަތް ހޯދަން އަންނަ ރަށެއް ކަމުން ކޮންމެ ދުވަހަކު ކަހަލައިން ގިނަ ބަޔަކު ލޭ ހޯދުމަށް މަސައްކަތް ކުރެ އެވެ.