twitterviber whatsapp telegramfacebookyoutube instagram
25th June 2026

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހަކު ނިޔާވެއްޖެ

ނަބީލާ އިސްމާޢީލް
Nov 10, 2022

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލުފާނުގެ ހާދިސާ ހިނގާފައިވަނީ 00:30 ކަންހާއިރު މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީގައި ހުރި ގަރާޖެއްގައެވެ.

އަލިފާންގަޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވުނީ ފަތިހު 4:00 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:34 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އަލިފާން ރޯވިލެއް ވަރުގަދަ ކަމުން މުޅި ސަރަހައްދުގައި އެ ވަގުތު ވަރަށް ބޮޑަށް ދުން ބޯވި އެވެ. އަދި ހުޅުގަނޑު ފަޅައިގެން ގޮސް ކައިރީގައި ހުރި އެހެން އިމާރާތަކުގައި ރޯވެދާނެ ކަމަށް ބެލެވިގެން ކައިރި ހުރި ބައެއް އިމާރާތްތަކުން މީހުންވެސް ނެރުނެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަރާފައިވާއިރު އެކަކަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އެމީހާގެ ހާލު ވަރަށް ސީރިއަސްކަމަށް އައިޖީއެމްއެޗާއި ހަވާލާ ދެއްވާ ފުލުހުން ވިދާޅުވެއެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ހުސް ބިދޭސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355