twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުދި ކުދި ގޮޅިތައް ހަދައި، ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސް ފުޅި ހުރި

ނަބީލާ އިސްމާޢީލް
Nov 10, 2022

ރޭ އަލިފާނުގެ ހާދިސާ ހިނގި ދެ ފްލޯގެ އެޕާޓްމެންޓްގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔައިރު ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އަދި އެ ގެއަކީ ލަކުޑިން ފްލޯތައް ވަކިކޮށް ޕާޓީޝަން ޖަހާފައި ހުރި ގެއެއްކަމަށްވެސް މައުލޫމާތު ލިބޭ ކަމަށެވެ. އެތަނުގައި ދިރިއުޅެމުންދިޔައީ ބަންގަލަދޭޝް, ސްރީލަންކާ އަދި އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

"ކޮންމެ އެނދެއް ކައިރީގައި ކުދިކުދި ބިސީ ތަކެއްގެ ގޮތުގައި މަސައްކަތް މި ކުރަނީ. އެހެންވީމަ ކޮންމެ އެނދެއް ކައިރީގަ ކަހަލަ ގޮތަކަށް ކައްކާ ގޭސް ހުންނަ ކަމަށް މައުލޫމާތު ލިބިފައިވޭ" ފަޔާ އެންޑް ރެސްކިއުގެ ކޮމަޑާން ކާނަލް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ 12:30 ގައެވެ. ތިން މިނެޓް ތެރޭ އެތަނަށް އެޓެންޑްވި ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ.

ވެހިކަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ އެ ގަރާޖުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާކަން ފާހަގަކުރައްވައި އިބްރާހީމް ރަޝީދު ވިދާޅުވީ, އެ ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރު ބޭނުން ކުރުމުގައި އިހުމާލު ވުމުގެ ސަބަބުން ކަމަށެވެ.

"މިތަަނަކީ ވަރަށް ބައިވަރު ސިލިންޑަރުތައް [ހުންނަ ތަނެއް]. އަޅުގަނޑުމެންގެ އިސްކޮޅާ އެއްވަރުގެ ސިލިންޑަރުތައް ވެސް އެބަހުރި," އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

މި ހާދިސާގައި ގިނަ އާއިލާތަކަކަށް އެހީތެރިކަން ބޭނުންވެފައިވާއިރު އެހީއަށް އެދި ކަމަށް ބުނެ ފޯނުތައް ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް ފުލުހުން ވަނީ އެކަންކަމަށް ސަމާލުވެ އެ ފުރުސަތުތައް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355