twitterviber whatsapp telegramfacebookyoutube instagram
6th May 2024

މިއީ އެ ގަރާޖުގައި ރޯވި ތިން ވަނަ ފަހަރު، އިހުމާލު ތަކުގެ ސަބަބުން މިފަހަރު އެތައް މަރެއް

ނަބީލާ އިސްމާޢީލް
Nov 10, 2022

މާލޭގައި ރޭގަ ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ރާއްޖޭގައި އަލިފާނުގެ ހާދިސާއެއްގައި އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލުނު ހާދިސާއެވެ. އަދި މިއީ އެ ހާދިސާގައި އަލިފާން ރޯވި ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގި 3 ވަނަ ފަހަރެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭ ގާތްގަނޑަކަށް 12:30 ހާއިރު އަލިފާން ރޯވީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައެވެ. އެ ކާރު ގަރާޖު ހިންގަމުން އައީ ގްރައުންޑް ފްލޯގައެވެ. ފަސްޓް ފުލޯގައި ހުންނަނީ ބިދޭސީން ނިދާ އެކޮމެޑޭޝަންއެކެވެ.

އެ ގަރާޖްގައި ރޯވެ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، އެ ގަރާޖް ހުންނަ ގޭގެ މަތީ ފަންގިފިލާތަކަށް ވަރަށް ބޮޑަށް ފެތުރުނުއިރު، މީހުން ސަަލާމަތް ކުރުމުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވިއެވެ.

މައުލޫމާތު ލިބޭގޮތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ގަރާޖުގައި ވަނީ އަލިފާން ރޯވެފައެވެ. މިއީ ރޯވި ތިން ވަނަ ފަހަރެވެ. އެގޮތުން މީގެ ދެ މަސް ކުރިން ވެސް އެތަނުގައި ރޯވެފައިވާ ކަމަށްވެ އެވެ.

އެ ގަރާޖުގައި އެކި ބާވަތުގެ ގޭސް ސިލިންޑަރުތައް ހުރިއިރު، މަތީގައި މީހުން ދިރިއުޅުނު ކޮޓަރިތަކުގައި ކައްކާ ގޭސް ހުރި ކަމަށް ވެސް މިއަދު އެ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކާނަލް ރަޝީދު ވިދާޅުވި އެވެ.

މާލޭގައި ކެމިކަލް ގުދަންތަކާއި ގަރާޖުތައް ހިންގާއިރު އެކަށީގެންވާ ވަރަށް ސަލާމަތީ ކަންކަން ގާއިމުކޮށްފައި ނުހުރެ އެވެ. އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮންނައިރު މިފަދަ ކޮންމެ ހާދިސާއަކާ އެކު އެ ބަހުސް އަނެއްކާ ވެސް ތިލަވެ އެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރޭގައި ބަޔަކު މަރުވި އަލިފާނުގެ ހާދިސާއަކީ ހިތާމަވެރި ހާދިސާއެއްކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ކަމާއިބެހޭ ފަރާތްތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތޮއްޖެހިގެން ދިރިއުޅެން ޖެހުމާއި މީހުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތަކާއި ގުދަންތައް ހުރުން ކަމަަށެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހެންވޭރުގައި ކެމިކަލް ގުދަނއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާއަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ހާދިސާ އަށް ފަހު މާލެ ސަރަހައްދުގައ ހުރި ހުރިހާ ކެމިކަލް ގުދަންތަކެއް މީހުން ދިރިއުޅޭ ސަރަހައްދުން ބޭރުކޮށްފައިވާ ކަމަށެވެ.

"މިހެން ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރުން އެއީ ކުރަން ޖެހިފައި އޮތް ކަމެއް. އެންމެ މުހިންމު ކަމަކީ ތޮއްޖެހިފައި އޮތް އޮތުމަށް ހައްލުހޯދުން. އެއަށް ފަހު ގަރާޖުތަކާ ވޯކްޝޮޕްތައް މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކުރުން. ގުޅީފަޅާ ތިލަފުށީގެ ޕްލޭންގައި ހުންނާނެ މިކަންކަމަށް ސަރަހައްދުތައް ކަނޑައެޅިފައި. އެހެންވީމަ އެއާ އެކީ މިކަން ކުރިއަށްދާނެ. ލަސްވެފަ ހުރި ކަމެއް ހަގީގަތުގައި ވެސް. މިއީ ހަމަ މިހާރުން މިހާރަށް ހައްލުގެނަން ޖެހިފައި ހުރި ކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި އެކު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ނުހިނގާނެ ގޮތަށް ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައަޅައި، ވީ އެންމެ އަވަހަކަށް އެކަންކަން ކުރައްވާނެ ކަމަށެވެ.

ރައީސް ސާލިހު ވަނީ ރޭގެ ހާދިސާގައި އެންއެންޑީއެފްއިން އަމަލުކުރި ގޮތް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ހާދިސާ ރިޕޯތުކުރިތާ 3 މިނެޓުތެރޭގައި އެމްއެންޑީއެފްއިން އެޓެންޑުވެ، އެތަނުގައި ހުޅުގަނޑު ފެތުރުން ކޮންޓްރޯލުކުރުމަށް އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355