twitterviber whatsapp telegramfacebookyoutube instagram
5th May 2024

އާންމުދަނީ އިތުރުކުރުމަށް ގޮއިދޫ އަންހެނުންގެ ކޮމެޓީން ރުއްދަނޑެއް

އަބްދުލް ވާހިދު ޙަސަން
Nov 17, 2022

ށ ގޮއިދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގައި ކުރުނބާ ރުއް ދަނޑެއް ހެއްދުމުގެ މަސައްކަތް ފަށައިފި އެވެ."ކުރުނބަލުން ނަފާވެރިކަން" މިނަމުގައި ބުދަ ދުވަހު ފެށި މި ހަރަކާތް ފައްޓަވައިދެއްވީ އެރަށު ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދެވެ.

ރުއް އިންދުމުގެ މި ހަރަކާތުގައި ފިޝަރީޒް މިނިސްޓްރީ އާއި އިފާޑާ ގުޅިގެން އެރަށުގައި ހިންގާ މެޕް ޕްރޮޖެކްޓްގެ ބިޒިނަސް ޑިވެލޮޕްމެންޓް ސްޕެޝަލިސްޓް މުހައްމަދު ޒާހީ އާއި ކުރީގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ އިތުރުން ގޮއިދޫ ސްކޫލުގެ ސައިންސް އެންޑް އެވަޔަރަމެންޓް ކުލަބުގެ މެމްބަރުންވެސް ބައިވެރިވެލެއްވި އެވެ.

ވަރަށް ކުދިވެ ހުއްޓާ ކުރުނބާ އަޅައި މުޑުވަކެއްގެ މި ރުއްތަކަކީ އެއަށް ގެއްލުމެއް ނުލިބި ސިއްހަތު ރަނގަޅަށް ހުރެ ހެދިއްޖެނަމަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފޯރޭނެ ރުއްތަކެކެވެ.

ގޮއިދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ސަރުމާ އަލީ ވިދާޅުވީ، މިއީ އަންހެނުންގެ ކޮމެޓީއަށް އާންމުދަނީ އިތުރުކުރުމަށް ހިންގާ ޕްރޮގުރާމެއް ކަމަށާއި މިފަހަރު އިންދީ 40 ރުއް ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި މިކަން ފުޅާކޮށް އިތުރު ރުއް އިންދައި ދަނޑު ބޮޑުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރުއް ދަނޑު ހައްދަނީ އެރަށު ކަނޑޫފަލާ ކައިރި ސަރަހައްދެއްގައި އެވެ. ސަރުމާ ވިދާޅުވީ، ރުއްތައް ގަތުމަށް 7000 ވުރެގިނަ ރުފިޔާ ކޮމެޓީން ހަރަދުކޮށްފައިވާ ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް ރުއްތައް ހެދި ފޯދި، އާންމުދަނީ އިތުރުވެ، އިތުރު މަސައްކަތެއްކުރާނެ މަގު ފަހިވެގެން ދިޔުން ކަމަށެވެ.

އޭނާ ވިދާޅުވީ، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މިފަދަ ކޮންމެ މަސައްކަތެއްވެސް ކުރެވެނީ ކައުންސިލުން އެއްބާރުލުން ލިބޭތީ ކަމަށާއި މިފަދަ ކޮންމެ މަސައްކަތަށްވެސް ކައުންސިލުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށެވެ. އެހެންވުމުން އެކަން ފާހަގަކުރައްވައި ކައުންސިލަށް ޝަރުމާ ޝުކުރުއަދާކުރެއްވި އެވެ.


މި ރުއް ދަނޑު ހައްދަނީ އެރަށު ކަނޑޫފަލާ ކައިރި ސަރަހައްދެއްގައި އެވެ. ޝަރުމާ ވިދާޅުވީ، ރުއްތައް ގަތުމަށް 7000 ވުރެގިނަ ރުފިޔާ ކޮމެޓީން ހަރަދުކޮށްފައިވާ ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް ރުއްތައް ހެދި ފޯދި، އާންމުދަނީ އިތުރުވެ، އިތުރު މަސައްކަތެއްކުރާނެ މަގު ފަހިވެގެން ދިޔުން ކަމަށެވެ.

އޭނާ ވިދާޅުވީ، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މިފަދަ ކޮންމެ މަސައްކަތެއްވެސް ކުރެވެނީ ކައުންސިލުން އެއްބާރުލުން ލިބޭތީ ކަމަށާއި މިފަދަ ކޮންމެ މަސައްކަތަށްވެސް ކައުންސިލުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށެވެ. އެހެންވުމުން އެކަން ފާހަގަކުރައްވައި ކައުންސިލަށް ޝަރުމާ ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355