twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބަންޑާރަހިޔާގެ ރޯހައުސްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Nov 26, 2022
2

ކުޅުދުއްފުށީ ބަންޑާރަހިޔާގެ ރޯހައުސްތައް ލިބުނު ފަރާތްތަކަށް ދަޅުދަނޑި ހަވާލުކުރަން ފަށައިފި އެވެ. އެގޮތުން ހައުންސިންގ މިނިސްޓްރީގެ ޓީމަކުން ކުޅުދުއްފުއްޓަށް ވަޑައިގެން ރޯހައުސްތައް ލިބުނު ފަރާތްތަކަށް ދަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފެށީ މިއަދު އެވެ.

ސިޓީ ކައުންސިލުން ބުނީ، ރޯހައުސްތައް ލިބުނު ފަރާތްތަކުގެ ތެރެއިން މިއަދު 27 ފަރާތްތަކާ ތަޅުދަނޑި ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުވެސް ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

މީގެ 11 އަހަރު ކުރިން ކުޅުދުއްފުށީގައި ހަދަން ފަށާފައި ހުރި މި ރޯހައުސްތައް ވީރާނާވާން ދޫކޮށްލާފައި ހުއްޓާ އެތަންތަން މަރާމާތުކޮށް ނިންމީ މި ސަރުކާރުންނެވެ. އެގޮތުން 2021 ވަނަ އަހަރު ދޮންބޭޒްއާ ހަވާލުކޮށްގެން މަރާމާތުކުރަން ފެށި މި ހައުންސިން ޔުނިޓްތައް ނިންމާލީ މިއަހަރު އޮކްޓޯބަރުމަހު އެވެ.

މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމާލިއިރު ސިޓީ ކައުންސިލުން އެދިގެން މިތަންތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން އާންމުނަނަށް ފަސޭހަވާނެ ފަދައިން ހިތްފަސޭހަ މައިޒާނެއް ހިމަނައި ތަރައްގީކޮށްފައިވެ އެވެ. މީގެ އިތުރުން ފުރާޅާއި ފައިދޮށް، އަދި ދިޔަދޮވިތަކާއެކު ސްޓްރަކްޗަރވެސް ބަދަލުކުރިން ކަމަށެވެ..

އަދި ހަމައެއާއެކު ކުރިމައްޗަށް އިންނަ ރެއިލިންގ ވަކިކޮށް އެސްއެސްއަށް ބަދަލުކޮށް ހަމައެއާއެކު ތިރީ ބަޔަށް ފަންކަލެއް އިތުރުކުރެވި ޕާޓްޝަންގެ ގޮތުގައި ހުރި ތަންތަން ފާރަށް ބަދަލުކޮށްފައިވެ އެބެ. އޭގެ އިތުރުން ލަކުޑިން ހުރި ސިޑިތައް އެސްއެސްއަށް ބަދަލުކުރެވި މަތީގައި ލަކުޑި އަޅައިފައިވާކަމަށް މޭޔަރު އާތިފު ވިދާޅުވެފައިވެ އެވެ.

މޭޔަރު ވިދާޅުވީ، ކުރީގައި ހުންނާނީ ސީލިންގތަކުން އެހެން ޔުނިޓްތައް ގުޅިފައިކަމަށާއި އެކަމަކު އެކަންތައްވެސް ބަދަލުކޮށް މިހާރު ހުންނާނީ ވަކިކުރެވިފައިވާކަމަށެވެ. މި ޕްރޮޖެކްޓް ގާތުން ބަލައި ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމުގެ ހެކި ދައްކަވަމުން މޭޔަރު ފާހަގަކޮށްފައިވަނީ ޕްރޮޖެކްޓް ނިމުނުއިރު އަގަށް އައިސްފައިވާ ބަދަލެވެ.

އެގޮތުން މޭޔަރު ވިދާޅުވީ، ޕްރޮޖެކްޓް ހަވާލުކުރެވުނު އަގަކީ 47 މިލިއަން ކަމަށާއި އެހެންނަމަވެސް މަސައްކަތް ނިމުނުއިރު ޕްރޮޖެކްޓްގެ އަގު 63 މިލިއަނަށް އަރާފައިވާ ކަމަށެވެ. ބަދަލުތައް ގެނެވި 16 މިލިއަން ރުފިޔާގެ މަސައްކަތް ސިޓީ ކައުންސިލަށް އިތުރުކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

އަދި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް އިތުރުކުރެވި އެ މަސައްކަތްވެސް މިހާރު ކުރަމުންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355