twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޔުނިޓީ ސްޕޯޓްސް އެކަޑެމީން ފުނަދޫ ސްކޫލްގައި ހެދި ރީޑީންގ ޕާކު ވަރަށް ޗާލު

ނަބީލާ އިސްމާޢީލް
Nov 28, 2022

ޔުނިޓީ ސްޕޯޓްސް އެކަޑެމީން ށ ފުނަދޫ ސްކޫލްގައި ހެދި ހިތްގައިމު ރީޑީންގ ޕާކު ނިންމާ، މާދަމާ ހުޅުވަން ތައްޔާރު ވެއްޖެ އެވެ. މިއީ އަތޮޅު ކައުންސިލުން އެންޖީއޯސްތަކަށް ކޮމިއުނިޓީ ޕްރޮގުރާމް ހިންގުމަށް ހުޅުވާލި ފުރުސަތުގައި ބޭނުން ހިފައި، ތަރައްގީކުރި ރީޑިން ޕާކެކެވެ. އެ ޕްރޮގުރާމަށް ތިން ޖަމިއްޔާއަކުން ކުރިމަތިލިއިރު އެ ޕްރޮޕޯސަލް ކާމިޔާބުކުރީ ޔުނިޓީ ސްޕޯޓްސް އެކަޑަމީންނެވެ.

ޔުނިޓީ ސްޕޯޓްސް އެކަޑެމީގެ ނައިބު ރައީސް ހުސައިން އަރީފު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ށ. އަތޮޅު ފުނަދޫ އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ހަދާ ޕާކްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި މާދަމާ ޕާކް ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ޕާކް ތަރައްގީކޮށް ނިންމާލީ ނިންމަން ދިން މުއްދަތުގެ އެއްމަސް ކުރިންނެވެ.

ޔުނިޓީ ސްޕޯޓްސް އެކަޑެމީއަކީ ފުނަދޫގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ކުރަމުން އަންނަ އެރަށުގައި ހިންގާ ސްޕޯޓްސް އެކަޑެމީއެކެވެ. އެ އެކަޑެމީން މިހާރުވެސް 16 އަހަރުން ދަށުގެ 170 ކުދިންނަށް ފުޓްބޯޅަ ޓްރެއިނިންގ ހިންގާއިރު މި މަހުން 20 ކުޅުންތެރިންގެ ސީނިއާ ހޭންޑްބޯލް ޓީމެއް ޓްރެއިނިންގ ކުރަމުން ދާކަމަށް އެ އެކަޑަމީން ބުނެއެވެ.

ހަ ސަތޭކައެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ފުނަދޫ ސްކޫލްގެ ގޯތިތެރޭގައި، ރީޑިންގ ޕާކު ހެދުމުގެ މަސައްކަތް ކުރަނީ ވެސް އެ އެކަޑެމީގެ މެމްބަރުންނާއި އެކަޑެމީގައި އުޅޭ ދަރިވަރުންގެ ބެލެނިވެރިންގެ އެހީތެރިކަމާއެކު ކަމަށް އަރީފު ވިދާޅުވި އެވެ.

"އެކަޑެމީން މަސައްކަތް ކުރީ މި މަހުގެ 24 ވަނަ ދުވަހު ފާހަގަކުރާ އަޅުގަނޑުމެންގެ އެކަޑެމީގެ އަހަރީ ދުވަހު އެޕާކު ހުޅުވަން، ނަމަވެސް މި ދޭތެރެއިން މޫސުން ގޯސްވެގެން މަސައްކަތް ނުކުރެވި ދިއުމުން 4 ވަރަކަށްދުވަސް މި ލަސްވީ." ހުސައިން ވިދާޅުވި އެވެ.

ކައުންސިލްގެ ގްރާންޓްގެ ދަށުން 75،000 ރުފިޔާ ހަމަޖައްސައިދީފައިވީ ނަމަވެސް އެ މަސައްކަތް ނިމުންއިރު 98،000 ރުފިޔާ ހަރަދު ކޮށްގެން ނިމުނު މި ޕާކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓެނިވި ގޮތަކަށް މަސައްކަތްކޮށް ކޮށްދިނުމަކީ އެ އެެކަޑަމީގެ ވަރަށް ބޮޑު އެދުމެއްކަމަށް އަރީފު ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ދަތިހާލުގައި އުޅޭ ފަރާތްތަކަށް ގެދޮރު އަޅައިދިނުމަށް ހިންގާ މަސައްކަތުގެވެސް ޕްރޮޕޯސަލް ކާމިޔާބުކޮށްފައިވަނީ މި އެކަޑަމީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355