twitterviber whatsapp telegramfacebookyoutube instagram
13th June 2026

47 މިލިއަން ރުފިޔާއަށް ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއަށް

ޚަދީޖާ އާދަމް
Nov 28, 2022

47 މިލިއަން ރުފިޔާއަށް ހދ ފިނޭ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ފިނޭގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 41،332.21 ކިއުބް މީޓަރަށް ބަނދަރު ފުން ކުރާނެ އެވެ. އަދި 5،848.05 ކިއުބް މީޓަރަށް ނެރު ފުން ކުރާނެ އެވެ. މީގެ އިތުރުން 219 މީޓަރުގެ ބްރޭކްވޯޓާ ޖެހުމާއި 82 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 25 މީޓަރުގެ ގްރޮއިން ޖެހުމާއި 248 މީޓަރުގެ އެއްގަމު ތޮށި ޖެހުން ހިމެނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 248 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން 90 އަކަމީޓަރުގެ ރޭންޕެއް ހެދިގެން ދާނެ އެވެ.

މި މަޝްރޫއު ނިމިގެން ދާއިރު ދެ ނެވިގޭޝަން ލައިޓް ހަރުކޮށް 19 މަގު ބައްތި ހަރުކުރުމުގެ އިތުރުން 2198 އަކަމީޓަރުގެ ޕޭވްމެންޓެއްވެސް ހެދިގެން ދާނެ އެވެ. މި މަސައްކަތް ނިންމަން 450 ދުވަސް ދީފައިވާއިރު މި މަސައްކަތުގެ އަގަކީ 47،268،512.87 މިލިއަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355