twitterviber whatsapp telegramfacebookyoutube instagram
10th October 2026

ސިޓީ ހޮޓަލާއި ގެސްޓް ހައުސް ތަރައްގީކުރުމަށް ފިނޭ އިން ބިން ދޫކުރަނީ

އަބްދުލް ވާހިދު ޙަސަން
Feb 18, 2024

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ހދ ފިނޭ އިން ބިން ކުއްޔަށް ދޫކުރުމަށް ނިންމާ ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.

ފިނޭ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ އެރަށުގެ ޓޫރިޒަމް ޒޯނުން 8 ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން 5000 އަކަފޫޓްގެ 6 ބިމާއި 10000 އަކަފޫޓްގެ ދެ ބިމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވާއިރު 5000 އަކަފޫޓްގެ ބިންތައް ދޫކުރަނީ ގެސްޓް ހައުސް ވިޔަފާރި ހިންގުމަށެވެ. އަދި 10000 އަކަފޫޓްގެ ބިންތައް ދޫކުރަނީ ސިޓީ ހޮޓާ ތަރައްގީކުރުމަށް ފިނޭ ރައީސް އަދުނާނު އަބުދުﷲ ވިދާޅުވި އެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، 25 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީކުރުމަށް/ ބިޑް ބައްލަވައި ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީކުރަންވާނެ ކަމަށާއި ބިޑް ބަލައިގަތުމުގެ ފީ އަކީ 5000 އަކަފޫޓްގެ ޕްލޮޓަކަށް 1000 ރުފިޔާ އަދި 10000 އަކަފޫޓުގެ ބިމަކަށް 2000 ރުފިޔާ އެވެ.

އިއުލާން

ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ޓޫރިޒަމް އަށް ބިންދޫކުރުމަށް ހަމަޖެހިފައިވާ ޕްލޮޓްތައް ދައްކުވައިދޭ ޗާރޓް މި އިއުލާނާ އެކު އާންމުކޮށްފައިވާއިރު ފޯމް މެއިލް ކުރައްވާނަމަ ، [email protected] އަށް މެއިލް ކުރުމަށް ފިނޭ ކައުންސިލުން އެދެ އެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފިނޭ ކައުންސިލްގެ އިދާރާގައެވެ. މިހާރުވެސް ފިނޭގައި ގެސްޓް ހައުސެއް ހިންގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293