twitterviber whatsapp telegramfacebookyoutube instagram
6th May 2024

އާބާދީގެ ހުރިހާ މައުލޫމާތެއް ގެމެން ޕޯޓަލްގައި އަދާހަމަކުރި ފުރަތަމަ ސިޓީއަކަށް ކުޅުދުއްފުށި

އަބްދުލް ވާހިދު ޙަސަން
Nov 29, 2022

އާބާދީގެ ހުރިހާ މައުލޫމާތެއް ގެމެން ޕޯޓަލްގައި އަދާހަމަކުރި ފުރަތަމަ ސިޓީ ކައުންސިލަކަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ވެއްޖެ އެވެ.

ގެމެން ޕޯޓަލްއަކީ ވިހާމަރުވާމީހުންނާއި، އުފަންދުވަހުގެ ރަޖިސްޓަރީއާ ފޫޅުމާ ފޯމާއި އަދި މީގެ އިތުރުންވެސް އާބާދީއާގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށް، ބޭނުންކުރަމުންދާ ޕޯޓަލްއެކެވެ.

އެލްޖީއޭއިން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރަށްވެހިންގެ ރަޖިސްޓަރީތައް ޑިޖިޓަލްކުރި ފުރަތަމަ ސިޓީ ކައުންސިލަށް ކުޅުދުއްފުށި ސިޓީ ކައުންސިލްވުމުން އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝާން ލަތީފް ވަނީ ކުޅުދުއްފުށީ މޭޔަށް މަރުހަބާ ދަންނަވާފަ އެވެ.

އެހެން ސިޓީ ކައުންސިލްތަކާ އަޅާ ބަލާއިރު ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގައި ތިބި މުވައްޒަފުންގެ އަދަދު މަދުކަމާއެކުވެސް، ރަށުގެ އާބާދީގެ ހުރިހާ މައުލޫމާތެއް ޑިޖިޓަލްކޮށް ގެމެން ޕޯޓަލްއަށް އަޕްލޯޑު ކުރެވުނު އެންމެ ފުރަތަމަ ސިޓީއަކަށް ކުޅުދުއްފުށި ވެގެންދިޔަކަމީ ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށެވެ.

"ހަގީގަތުގައިވެސް މިއީ ބޮޑު ބުރަ އެހާމެ މުހިންމު މަސައްކަތެއް، ކައުންސިލްގައި މިއަދާ ހިސާބަށް މެނުއަލްކޮށް ބަލަހައްޓާފައި ހުރި ގިނަ ޑޮކިއުމެންޓްތަކަކުން މައުލޫމާތު ނަގާ ޕޯޓަލްއަށް އެޅުމަށް މުވައްޒަފުންގެ ގިނަ ވަގުތުތަކެއް ހޭދަވި." އާތިފް ވިދާޅުވި އެވެ.

އެލްޖީއޭ އިން މައުލޫމާތު ދެއްވާގޮތުގައި ރާއްޖޭގެ ރަށްވެހިންގެ ރަޖިސްޓަރީތައް ޑިޖިޓަލްކުރި ފުރަތަމަ ސިޓީއަކަށް ކުޅުދުއްފުށިވެފައިވައިރު ދެން އެންމެ ބޮޑު ބައެއް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. އަދި 172 ރަށު ކައުންސިލްގެ ތެރެއިން މިއަދާ ހަމައަށް ރަށްވެހިންގެ ރަޖިސްޓަރީ ޑިޖިޓަލްކޮށްފައިވަނީ 16 ރަށު ކައުންސިލަކުން ކަމަށެވެ.

މިނިޒާމަކީ ރައްޔިތުންގެ އާބާދީއާ ބެހޭ ހުރިހާ މައުލޫމާތެއް ޑިޖިޓައިޒްކޮށް ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ ނިޒާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355