twitterviber whatsapp telegramfacebookyoutube instagram
28th August 2025

ވާދަވެރިއަކު ނެތި އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް

Dec 15, 2022

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި އިތުރު މީހަކު ވާދަނުކޮށް، އެ ޕާޓީގެ ރިޔާސީ ޓިކެޓު، އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމަށް ލިބިއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ އެއްވަނަ ދުވަހެވެ. ދެ ހަފުތާގެ ފުރުސަތަކަށްފަހު ޕްރައިމަރީގައި ކުރިމަތިލުމުގެ ސުންގަޑި ހަމަވީ މިއަދު މެންދުރު 14:00އަށެވެ.

އެއިރު ކުރިމަތިލައިފައި ވަނީ ނާޒިމް އެކަންޏެވެ. ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެއް މެމްބަރަކު ކުރިމަތިލައިފި ނަމަ އިންތިހާބަކަށް ދާކަށް ނުޖެހެއެވެ.

އެމްއެންޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނާޒިމް ފޯމް ހުށަހަޅުއްވާފައިވާއިރު މިހާރުވެސް އެޕާޓީގެ ގިނަ މެންބަރުން ގެންދަވަނީ ނާޒިމްގެ ރިޔާސީ ކެމްޕޭން ކުރަށްވަމުންނެވެ.

އެމްއެންޕީ އަކީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ޕާޓީ އެކެވެ. އެމްއެންޕީ ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355