twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވޯލްޑްކަޕުގެ ގަވައިދުތަކާ ހިލާފުވުމުން ސޯލްޓް ބޭ ޔޫއެސް އޯޕަން ކަޕުން ބޭން!

މުޙައްމަދު އަހުމަދު
Dec 23, 2022

ވޯލްޑްކަޕްގެ ގަވައިދުތަކާ ހިލާފުވެ ދެއްކި ކަމުނުދާ އަހްލާގުގެ ސަބަބުން ޔޫއެސް އޯޕަން ކަޕުން ސޯލްޓް ބޭ ބޭން ކޮށްފި އެވެ.

ސޯލްޓް ބޭ ނުވަތަ އަސްލު ނަމުންނަމަ ނުސްރަތް ގޮކްސޭ ވަނީ އާދިއްތަދުވަހު ވޯލްޑްކަޕުގެ ތަށި ހިއްލާލާ އާޖެންޓީނާއިން ކުރިއަށް ގެންދިޔަ އުފާފާޅުކުރުންތަކުގައި ޝާމިލުވެފަ އެވެ.

2017 ވަނަ ޖެނުއަރީ މަހު ސޯލްޓް ބޭ މަޝްހޫރުވީ މަސް (ސްޓޭކް) ތައްޔާރުކޮށް އެއަށް ލޮނު އަޅާ ސީޒަންކުރާ ތަފާތު ގޮތުންނެވެ، އަދި ނުސްރް-އެޓްގެ ނަމުގައި އޭނާ އަތުގައި ފެންވަރު ރަނގަޅު ސްޓޭކް ހައުސް ޗެއިން އެއް އޮވެ އެވެ.

އަދި މިތަންތަނަށް މަޝްހޫރު މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ދަމައިގަނެ އެވެ. ނަމަވެސް ކަމުނުދާ އަދި ހިތްހަމަ ނުޖެހޭ ގޮތަކަށް އާޖެންޓީނާގެ ކުޅުންތެރިންނާއެކު އޭނާ އުފާފާޅުކުރުންތަކުގައި ޝާމިލުވުމުން ފުޓްބޯޅަ ފޭނުންނަށް އެމަންޒަރު ކަމަކު ނުދިޔަ އެވެ. އަދި އެއާއެކު ވޯލްޑްކަޕާ ނުގުޅޭ މުބާރާތެއްގެ ހިންގާ ފަރާތްތަކުން ވަނީ އެމުބާރާތް ބެލުމަށް ވަނުމުން އޭނާ ބޭން ކޮށްފަ އެވެ.

އެމެރިކާގައި ކުރިއަށްދާ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް، ޔޫއެސް އޯޕަން ކަޕަކީ އެކި ލެވެލްތަކުގެ 100 ޓީމުތަކުގެ މެދުގައި ކޮންމެ ސީޒަނަކު ބާއްވާ މުބާރާތެކެވެ. އަދި އެމުބާރާތް ހިންގާ ފަރާތުން ވަނީ 39 އަހަރުގެ ތުރުކީއަށް އުފަން ސޯލްޓް ބޭ އެމުބާރާތުގެ ފައިނަލަށް ވަނުމުން މަނާކޮށްފަ އެވެ.

36 ގަޑިއިރުގެ ތެރޭގައި 130،000 ވުރެ ގިނަ ލައިކް ލިބުނު ޓްވީޓަކާއެކު ޔޫއެސް އޯޕަން ކަޕް ރަސްމީ ޕޭޖުން ވަނީ ސޯލްޓް ބޭ ބޭންކުރިކަން ހާމަކޮށްފަ އެވެ.

"ސޯލްޓް ބޭ މިހިސާބުން 2023 ވަނަ އަހަރުގެ އޯޕަން ކަޕުގެ ފައިނަލުން މިވަނީ ބޭންކޮށްފައި." ޔޫއެސް އޯޕަން ކަޕުގެ އޯގަނައިޒަރުން ބުންޏެވެ.

ކޮމެންޓް ސެކްޝަނުގައި ފޭނުން މަލާމާތްކޮށް ޖޯކުޖެހިއިރު އެމްއެލްއެސްގެ ގަދަބާރު ޗިކާގޯ ފަޔާއިން ވަނީ "ލޮލް" ޖަހާ ޓްވީޓަށް ރައްދުދީފަ އެވެ.

ސޯލްޓް ބޭއަށް ދުނިޔޭގެ އެތައް ސަރަހައްދަކުން އެތައް ބަޔަކު ފާޑު ކިޔަމުން އަންނައިރު ސޯލްޓް ބޭގެ އަމިއްލަ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން އޭނާ ވަނީ އެންހެލް ޑި މާރިއާއާއި ކްރިސްޓިއަން ރޮމޭރޯ (ރޮމޭރޯ ހުރީ އޭނާގެ އެއް އަހަރު ދަރިފުޅާއެކު) އަދި ލިސާންޑްރޯ މާޓިނޭޒް ޓްރޮފީއާއެކު ފޮޓޯއަކަށް ހުއްޓިގެން ހުރިއިރު ފޮޓޯތަކަށް އަރާ ޓްރޮފީގައި އަތްލާ ޓްރޮފީއަށް ބޮސްދީފަ އެވެ.

އަދި މީގެއިތުރުން ލިއޮނަލް މެސީގެ ސަމާލުކަން ހޯދުމަށް މަސައްކަތްކޮށް އޭނާގެ އަތުގައި ތަކުރާރުކޮށް އަތްލާ ސަލާން ކޮށްލުމަށް އާދޭސްކޮށްފަ އެވެ. ނަމަވެސް މެސީގެ މާބޮޑު ޝައުގެއް ނެތި މެސީ ވަނީ އެތަނުން ދުރަށް ގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355