twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޔާމީނަށް ކުރި ހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއް

ނަބީލާ އިސްމާޢީލް
Dec 26, 2022
1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްޔެ ކުރި ހުކުމަކީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ގިނަބައެއްގެ ރުހުމާއެކު ނިކުންނެވުމުން އެ ފުރުސަތު އެމަނިކުފާނު އަތުން ނިގުޅައިގަތުމަށް ކޮށްފައިވާ ހުކުމެއް ކަމުގައި ށ ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ފުނަދޫ ކައުންސިލުން މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޔާމިން މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުމުމާއިމެދު ކަންބޮޑުވުން ފާޅުކޮށް އަދި ޔާމިންއަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލާ ނެރުނު ބަޔާނުގަ އެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަަހަރަށް ޖަލަށް ލާން ހުކުމް ކުރީ އިއްޔެ އެވެ. ހުކުމަކީ ސަރުކާރުން ނުފޫޒު ފޯރުކޮށްގެން އިއްވި ހުކުމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރޭ ވަނީ މާލޭގައި މުޒާހަރާވެސް ކޮށްފަ އެވެ.

އެ ބަޔާނުގައި ބުނީ 2019 ވަނަ އަހަރު ޔާމިން މައްޗަށް ނުހައްގުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް އެ ހުކުން ސްޕްރީމް ކޯޓުން ބާތިލްކޮށް މިނިވަން ކޮށްފައިވަނިކޮށް އިއްޔެ އަނެއްކާވެސް އެމަނިކުފާނު 11 އަރަށް ހައްގުނޫން ޖަލު ހުކުމެއް އިއްވާފައިވާކަމަށެވެ.

އެ ހުކުމާމެދު ފުނަދޫ ކައުންސިލާއި އެ ރަށު ރައްޔިތުން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރާކަމަށް ފާހަގަކޮށް އެ ބަޔާނުގައި ބުނީ މި ހުކުމަކީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ގިނަބައެއްގެ ރުހުމާއެކު ނިކުންނެވުމުން އެ ފުރުސަތު އެމަނިކުފާނު އަތުން ނިގުޅައިގަތުމަށް ކޮށްފައިވާ ހުކުމެއް ކަމުގަ އެވެ.

އެ ކައުންސިލުގެ 5 މެމްބަރުންގެ ސޮޔާއެކު ނެރެފައިވާ އެބަޔާނުގައި އިތުރަށް ބުނީ ރައީސް ޔާމިނަށް ކޮށްފައިވާ ހުކުމަކީ މުޅި ދިވެހި އުންމަތަށް ލިބޭ ނިކަމެތިކަމެއް ކަމަށާއި މުޅި ރާއްޖެއަށް ލިބެން އޮތް ތަރައްގީ އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެން ދާނެ ކަމެއް ކަމަށެވެ.

"ޝައްކެއްނެތް ގޮތުގައި މިހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއް. އަދި މި ހުކުމްކޮށްފައިވަނީ ފާސިގުންގެ ހެކިބަހާއިއެކުގައިކަން އެނގިހާމަވެއޭ. މިކުރި އިންސާފެއްނެތް ހުކުމަކީ މިއަދު ރާއްޖޭގެ އަދުލު އިންސާފު ނިޒާމު ބޮއްސުންލާފައިވާ މިންވަރު ހާމަވާ ހުމުމެއްކަން ޝައްކެއް ނެތް މިންވަރަށް އެނގި ހާމަވޭ" ބަޔާނުގައި ބުނެފައިވެ އެވެ.

އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ކަމާގުޅުންހުރި ހުރިހާ މުއްސަސާތަކަށް ފުނަދޫ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355