twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުޅަނދުފަހަރުގެ ފީ ދެން ބަލައިގަންނާނީ "ސަވާރީޕޭ" މެދުވެރިކޮށް

Jan 2, 2023

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ބަލައިގަންނަމުން ގެންދިޔަ އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ދެން ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ "ސަވާރީޕޭ" މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިިނިސްޓްރީން ބުނީ މިއަރުން ފެށިގެން ޓްރެފިކް އަދި ޕާކިން ވަޔަލޭޝަން ޖޫރިމަނާވެސް ދެން ބަލައިގަންނާނީ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީޕޭ" މެދުވެރިކޮށެވެ.

ކުރިން މި ފީތައް ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ މީރާ މެދުވެރިކޮށެވެ. ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާ ޑިސެމްބަރު ފަސް ވަނަ ދުވަހު ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާއެއްގައިވާ ގޮތުން ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަކުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މީރާއަށް ބަލައިގަންނަމުން ގެންދިޔަ އެއްގަމު އުޅަނދު ފީއާއި، ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި، ޓްރެފިކް އަދި ޕާކިންގ ވަޔަލޭޝަން ޖޫރިމަނާ 1 ޖަނަވަރީ އިން ފެށިގެން ބަލައިގަންނާނީ އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީ ޕޭ"، ޔޫއާރުއެލް (pay.transport.gov.mv ) މެދުވެރި ކޮށްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355