twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޭއާރުއެޗުން ޑްރަގް ފަރުވާ ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jan 4, 2023
2

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބޭނުންވާ ފަރުވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ދޭން ނިންމައި އެ ފަރުވާ ބޭނުންވާ ފަރާތަކުން ރަޖިސްޓްރީވާން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް "ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމް" ގެ ނަމުގައި، ކޭއާރުއެޗު މެދުވެރިކޮށް ފަރުވާ ދިނުމަށް ދިގު މުއްދަތުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފަ ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކްލިނިކަލް އަދި ބިހޭވިއަރަލް ބައިތައް ހިމެނޭގޮތަށް ދިގު މުއްދަތަށް ދެމިގެންދާ ޕްރޮގްރާމެއް ގޮތުގައި ކަމަށް ކައުންސިލުން ބުނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން މެންދުރު ފަހު 2:00 އަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތް ޔުނިޓް (އުފަންހިޔާ) ގަ އެވެ.

ރަޖިސްޓަރީވުމަށް ދުރުވާއިރު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތާއި، އެފަރާތުގެ އެހީތެރިއެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީ ބޭނުންވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި ޕްރޮގްރާމްއާ ގުޅޭ އިތުރު މަޢުލޫމާތު ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ނަންބަރު 6527694 އިން ލިބޭނެ އެވެ.

އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބޭނުން ބޭނުންވާ ފަރުވާ ދޭން ހެލްތި މިނިސްޓްރީން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355