twitterviber whatsapp telegramfacebookyoutube instagram
14th March 2026

ވެމްކޯއިން ކުޅުދުއްފުށީ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ފަށައިފި

ނަބީލާ އިސްމާޢީލް
Jan 10, 2023

ރިޔާސީ އިންތިހާބަށް އަހަރަކަށްވެފައިވަނިކޮށް ކުޅުދުއްފުށީ ގޮނޑު ހުސްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން ފަށައިފި އެވެ.

ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މި ގޮނޑަކީ ރާއްޖޭގެ ރަށެއްގައި ހުރި އެންމެ ބޮޑު ކުނި ގޮނޑެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލަރު ރިލްވާން މުހައްމަދު ވިދާޅުވީ ގޮނޑު ހުސްކޮށްދިނުމަކީ ކައުންސިލުގެ ވަރަށް ބޮޑު ރިކުއެސްޓެއް ކަމަށެވެ.

ކުނިތައް ގެންދަނީ ކުނބުރުދޫ އަށެވެ. އެރަށުގައި ކުނި ބެހެއްޓޭނެ އިންތިޒާމު ހަމަޖެހި ކުނި ހުސްކުރުމުގެ މަސަކަތް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

"ބާޖަކަށް 15 ޓަނުގެ 20 ލޮރީ ކުނި ބަރުކުރެވޭނެ. ދުވާލަކު 2 ބާޖް ކުނި ކުޅުދުއްފުށީ ކުނި ގޮނޑުން ކުނބުރުދޫއަށް ގެންދާނެ." ރިލްވާނު ވިދާޅުވި އެވެ.

އެހެންކަމުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 600 އެއްހާ ޓަނުގެ ކުނި ކުޅުދުއްފުށިން ބޭރުކުރެވޭނެ އެވެ. ރިލްވާން އިތުރަށް ވިދާޅުވީ މި ފެށީ ކުނިގޮނޑު އެއްކޮށް ހުސްކުރުމުގެ މަސަކަތް ކަމުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމެން ގާތްވެފައިވަނިކޮށް ކުޅުދުއްފުށީ ކުނިގޮނޑު ހުސްކުރަން މި ފެށި ބީދައިން މީގެ ކުރިން ރައީސް ޔާމިން ވެރިކަމުގެ ފަހުކޮޅުވެސް ހަމަ އެ ކުންފުންޏާ ހަވާލުކޮށްގެން އެ ކުނިގޮނޑު ހުސްކުރުމުގެ މަސަކަތް ސަރުކާރުން ފެށިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355